Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާރުޓީއެލް

ލޯފަން ދެ މީހެއްގެ އާރުޓީއެލް ތަޖުރިބާ: ޚިދުމަތަށް 100 އިން 100!

އެއް މަންޒިލުން ނައްޓާލަމުން ދެން ދާ މަންޒިލެއް ބުނެދިނުމަކީ ލޯފަން މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 2 ޖުލައި 2023 | އާދީއްތަ 03:48
އާރުޓީއެލްގެ ޚިދުމަތުގައި ބޭނުން ކުރާ ލޯންޗުތަކެއް

އާރުޓީއެލްގެ ޚިދުމަތުގައި ބޭނުން ކުރާ ލޯންޗުތަކެއް

ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ޚިދުމަތަކީ ގިނަ ބައެއްގެ ތައުރީފު އަމާޒުވަމުން އަންނަ ޚިދުމަތެކެވެ. ސްޕީޑް ފެރީގެ ނިޒާމަކުން މިހާރު ޒޯން އެކެއް ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅު ގުޅާލާފައިވާއިރު މި ޚިދުމަތަކީ ނުކުޅެންދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފަސޭހަ ކަމާއެކު ދަތުރުކުރެވޭ ގޮތަށް ދެމުން އަންނަ ޚިދުމަތެވެ. މި ދަތުރުތައް ތަޖުރިބާކުރި ލޯފަން ދެ މީހެއްގެ ވާހަކަތަކުން ވެސް ހާމަވަނީ މި ޚިދުމަތުގެ ފެންވަރު ރަނގަޅު ކަމެވެ.

ރާއްޖެއަށް ފަޚުރުވެރި ވަނަތަކެއް ހޯދައިދީފައިވާ އެތުލީޓު މުޙައްމަދު މާޒިން އާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ މީޑިއާ ކޮޑިނޭޓަރު އަބްދުﷲ ޒިޔާއު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އެ ދެ ފަރާތުން ވެސް ވަނީ މިހާތަނަށް އާރުޓީއެލްގައި ކުރެވުނު ދަތުރުތަކުގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އެގޮތުން މި ޚިދުމަތަކީ ރައްޔިތުންނަށް ފަސޭހަ އަދި އިންގިލާބީ ބަދަލުތަކެއް ގެނުވައިދިން ފުރިހަމަ އަދި ހިތްގައިމު ޚިދުމަތެއް ގޮތުގައި ދެ މީހުން ވެސް ސިފަކުރެއެވެ.

ޒިޔާއު ބުނީ އާރުޓީއެލްގެ ސަބަބުން މިއަދު އިތުރު އެހީތެރިއަކާ ނުލައި ބޭނުންވާ މަންޒިލަށް ދަތުރު ކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެގޮތުން، މި ދަތުރުތަކުގައި އާރުޓީއެލްގެ ކްރޫއިންގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާ ލޯންޗުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ފަރުމާކޮށްފައިވާ ލޯންޗުތަކެއް ކަމަށާއި އޭގެ ތެރޭގައި އުޅެން އެހާމެ ފަސޭހަ ކަން ވެސް އޭނާ ފާހަގަކުރިއެވެ.

އާރުޓިއެލްގެ ތަޖުރިބާއާ ގުޅޭގޮތުން މާޒިން ބުނީ ގޮނޑީގައި އިށީނުމުގައި އެހީތެރިވުމަށްފަހު ނޫނީ ކްރޫއިން ދުރަށް ނުދާ ކަމަށެވެ. އެއީ ރަށްކާތެރިކަމާއި ހިމާޔަތްރެރިކަން ކަށަވަރު ކުރެވޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. އަދި އެ ލޯންޗުތަކުގައި ހުންނަ ފާހާނާއަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ފާހާނާއެއް ކަން ވެސް އޭނާ ފާހަގަކުރިއެވެ.

ލޯންޗަށް އެރުވުމާއި ގޮނޑިއާ ހަމައަށް ގެންދިއުމުގެ އިތުރުން ވެސް ދަތުރުމަތީގައި އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އާރުޓީއެލްގެ ކްރޫއިން ތައްޔާރަށް ތިބޭކަން ފާހަގަކުރެއެވެ.

ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަބަދުވެސް ރަނގަޅު ކުރެވޭނެ ކަންކަން ހުންނާނެކަން ފާހަގަކޮށް ޒިޔާއު ބުނީ އެއް މަންޒިލުން ނައްޓާލަމުން ދެން ދާ މަންޒިލެއް ބުނެދިނުމަކީ އޭނާ ފަދަ ލޯފަން މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށެވެ.

އާރުޓީއެލްގައި މިހާތަނަށް ކުރި ދަތުރުތަކުގެ ތަޖުރިބާއިން މާޒިން އާއި ޒިޔާއު ވެސް އެ ޚިދުމަތައް ދެނީ 100 އަކުން 100 މާކްސް އެވެ.

އާރުޓީއެލް ސްޕީޑް ފެރީގެ ޙިދުމަތް ރާއްޖޭގެ ހަ ޒޯނުގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޙިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. އަދި 188 ފެރީ ޓާމިނަލާއި އުޅަނދުތަކަށް ޙިދުމަތް ދޭނެ ބޯޓުޔާރޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމުކުރާނެއެވެ.

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހުގެ ވަޢުދުފުޅެކެވެ.

އެމްޓީސީސީއާރްޓީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު