ރާއްޖެ
އެމްއެންޑީއެފް ޕެރޭޑް
އެމްއެންޑީއެފުން ފުވައްމުލަކުގައި ޕެރޭޑެއް ބާއްވައިފި
ޕެރޭޑަށް ބޮޑު ތަރުހީބެއް ލިިބިފައިވޭ

ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 2 ޖުލައި 2023 | އާދީއްތަ 01:52

އެމްއެންޑީއެފް ޕެރޭޑް
އަޟްޙާ ޢީދުގެ މުނާސަބަތުގައި އެމްއެންޑީއެފުން ޏ.ފުވައްމުލަކު ސިޓީގައި ޕެރޭޑެއް ކުރިއަށްގެންގޮސްފިއެވެ.
މި ޕެރޭޑް ކުރިއަށްގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރެވެ.
މި ޕެރޭޑަށް އެރަށުގެ ރައްޔިތުންނާއި ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ވަނީ އީދުގެ މުނާސަބަތާ ގުޅިގެން ގިނަ ރަށްރަށެއްގައި ޕެރޭޑް ބާއްވާފައެވެ. މިގޮތުން ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ޕެރޭޑް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ކުޑަކުދިންގެ ހަވީރުތައް ވެސް އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ކުރިއަށްގެންގޮސްފައިވެއެވެ.








