Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޖުވެރިޔަކު ނިޔާވުން

ނިޔާވި ހައްޖުވެރިޔާ ވަޅުނުލެވި ލަސްވާތީ އާއިލާގެ ކަންބޮޑުވުން - "ހަށިގަނޑު ނުލިބޭކަމަށް އޮފިސަރަކު މައުލޫމާތު ދިން"

ނަސީމް ގެއްލުނީ އަރަފާތަށް ދިޔުމުގެ ކުރިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ޖުލައި 2023 | ހޮނިހިރު 12:57
މަރުހޫމު މުހައްމަދު ނަސީމު

މަރުހޫމު މުހައްމަދު ނަސީމު

ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވި ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ (72) ވަޅުލުމުގެ ކަންކަން އަދިވެސް ކުރެވިފައި ނުވާތީ އޭނާގެ އާއިލާއިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭނާއަކީ އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ދިވެހި ހައްޖުވެރިއަކު ގެއްލިގެން އުޅޭކަން މީޑީއާތަކަށް އާއްމުވެފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް އޭރު ވިދާޅުވީ ހައްޖު ދުވަހުގެ ކުރީ ދުވަހު ނަސީމް ގްރޫޕާއެކު ހުރިކަމަށެވެ. އަދި ނަސީމް ގެއްލުނީ އަރަފާތަށް ދިޔުމުގެ ކުރިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެފަހުން އޭނާ ފެނިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް ހައްޖު މިޝަނާއި، އޭނާ ގެންދިޔަ ގްރޫޕުން ކޮށްފައިވެއެވެ. ސައޫދީގެ ކަމާބެހޭ ފަރާތްތަކުގެ އެހީއާއެކު ނަސީމް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އަދީލް ވަނީ އޭރު ވިދާޅުވެފައެވެ.

ގެއްލިގެން ހޯދަމުންދިޔަ ނަސީމް ފެނުނީ ނިޔާވެފައި އޮއްވައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މުހައްމަދު ނަސީމް މަރުވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދަ ކައިރިން ކަމަށެވެ. ނަސީމް ފެނިފައިވަނީ ހައްޖުވެރިންގެ ކަންތައްތައް ބަލަހައްޓަން ކަނޑައަޅާފައިވާ މުތައްވިފުންގެ ބޭފުޅުންނަށެވެ. އަދި އޭނާ ފެނިގެން، އޭނާ ނިސްބަތްވާ ހައްޖު ގްރޫޕަށް އެކަން އަންގާފައިވެއެވެ. އެއާއެކު އެ ގްރޫޕުގެ ޑޮކްޓަރާއި ގްރޫޕްގެ އިސް ވެރިން އެތަނަށް ވަޑައިގަތުމަށް މަސައްކަތް ފައްޓަވައި، ނަސީމްގެ ހަށިގަނޑު ހޮސްޕިޓަލަށް ވަނީ ގެންދަވާފައެވެ. އެ ބޭފުޅުން ހޮސްޕިޓަލަށް ވަޑައިގެން، އެއީ ގެއްލިގެން އުޅުނު ހައްޖުވެރިޔާތޯ ކަށަވަރުކޮށްފައިވެއެވެ. އެއީ ގެއްލުނު ހައްޖުވެރިޔާ ނަސީމްކަން ކަށަވަރުކުރުމަށްޓަކައި މުހައްމަދު ނަސީމްގެ އަންހެނުންވެސް ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހަށިގަނޑު ދައްކައި އެކަން ކަށަވަރުކުރިކަމަށް މިނިސްޓަރު ވަނީ ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަފައެވެ.

ހޮނިހިރު ދުވަހު ރާއްޖެ އެމްވީއަށް މައުލޫމާތުދެމުން ނަސީމްގެ އާއިލާ މީހެއް ކަމަށްވާ އަބްދުއް ސަމަދު ޔޫސުފް ބުނީ ނަސީމް ގެއްލިފައިވަނީ ހައްޖު ވިލޭރޭގެ ވަގުތެއްގައި ކަމަށެވެ. އެއީ މައްކާ ގަޑިން 01:30 ހާއިރު ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަސީމް ގެއްލުނީ މިނާގައި ކަމަށާއި، އޭނާ ފެނުނީ ހުކުރު ވިލޭރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށާއި، އޭރު ނަސީމް ނިޔާވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މިއަދު ހަވީރާ ހަމައަށް އައިއިރުވެސް ނަސީމް ވަޅުލުމުގެ އިންތިޒާމްތައް ހަމަޖެހިފައިނުވާތީ އާއިލާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިއްޔެގެ ވަގުތެއްގައި ވަޅުލާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނިނަމަވެސް ހޮނިހިރު ދުވަހު ހަވީރު އެނގުނު ގޮތުގައި އަދިވެސް ހަށިގަނޑު އާއިލާއަށް ނުލިބޭ ކަމަށާއި، އެއީ އާއިލާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ، ނަސީމް ނިޔާވީ ހޮސްޕިޓަލްގައި ކަމަށް ނުވުމާއެ،ކު ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. ހޮސްޕިޓަލުން ބޭރުގައި މީހަކު ނިޔާވުމުން ފުރިހަމަކުރަންޖެހޭ ތަހުގީގީ މަރުހަލާތައް ހުންނަކަމަށާއި، ވަޅުވުން ލަސްވަނީ އެ ސަބަބާހުރެ ކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ. ނަސީމް ވީހާވެސް އަވަހަކަށް ވަޅުލުމަށް މިނިސްޓްރީގެ ފަރާތުން ބާރު އެޅުމަށް ކުރަން ޖެހޭ ކަންކަން ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވަޅުނުލެވި ލަސްވާ ސަބަބު އާއިލާއާ ހިއްސާކުރަމުން ދާކަމަށާއި، އިދާރާތަކާ ވާހަކަދައްކައިގެން އެ މަރުހަލާ އަވަސްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ހައްޖު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު