Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތު

ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު ވަރަށް ކާމިޔާބު: އެޑިޔުކޭޝަން މިނިސްޓްރީ

ސްކޫލުތަކުގައި ސެން ޔުނިޓްތައް ގާއިމްކުރެވި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖުލައި 2023 | ހޮނިހިރު 08:59
ކ. އަތޮޅު މަދަރުސާގެ ދަރިވަރުން

ކ. އަތޮޅު މަދަރުސާގެ ދަރިވަރުން

ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު ވަރަށް ކާމިޔާބު ކަމަށާއި، ކުރިއަށް އޮތްތަނުގައި މިސިޔާސަތު އިތުރަށް ހަރުދަނާވެ، ފުޅާވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތާއި، ކުދިން ބާކީ ނުކުރުމުގެ ސިޔާސަތަކީ މުޅިން ތަފާތު ދެ ސިޔާސަތެއް ކަމަށެވެ. ރާއްޖޭގެ ސްކޫލުތަކުގައި މި ދެ ސިޔާސަތު ވެސް ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިދިޔަ ދިރާސީ އަހަރުގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ ސްކޫލުތަކުގައި ހިންގާ ހުރިހާ ޕްރޮގްރާމެއްގައި ދަރިވަރުން ޝާމިލުވާން ޖެހޭ ކަމަށާއި، ކުލާސް ރޫމްގައި ތިބޭ ހުރިހާ ކުދިންނަށް ވެސް އަސާސީ ބައި ފޯރުކޮށްދެވި، އެކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ. އަދި ސްކޫލުތަކުގައި ސެން ޔުނިޓްތައް ގާއިމްކުރެވި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިސިޔާސަތަކީ ވަރަށް ފުޅާ ސިޔާސަތެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރަށް މިސިޔާސަތު ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މި ނިމިގެން ދިޔަ ދިރާސީ އަހަރަކީ ވެސް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށާއި، މިސިޔާސަތު ތަންފީޒު ކުރުމުގައި ސްކޫލުތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. މިއީ ގިނަ ޓެކްނިކަލް ކަންކަން ހިމެނޭ ސިޔާސަތަކަށް ވާތީ އެންމެންގެ އެއްބާރުލުން ބޭނުންވާކަން އިހުސާން ފާހަގަކުރެއްވިއެވެ.

އެއްވެސް ކުއްޖެއް ބާކީ ނުކުރުމުގެ ސިޔާސަތަށް އިޝާރާތްކުރައްވައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ގޮތެއްގައި ތައުލީމް އުނގެނުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ވަކިން ޚާއްސަކޮށް ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ސަމާލުކަންދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު އަލީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. މިމަސައްކަތް ކުރުމަށް ރަށު ފެންވަރުގައި ވެސް އެހީތެރިކަން ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު