Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެގްނަރ ގްރޫޕް

ވެގްނަރ ގްރޫޕުން ޔޫކްރެއިން ހަނގުރާމައިގައި ދެން ބައިވެރިއެއްނުވާނެ: ރަޝިއާ އޮފިޝަލް

އެއީ ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ދަށުން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިނުކުރުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ޖޫން 2023 | ހުކުރު 02:04
ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން

ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިން

ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހިންގި ނާކާމިޔާބު އަސްކަރީ ހަރަކާތަށްފަހު ދެން ވެގްނަރ ގްރޫޕު ޔޫކްރެއިންގައި ހަނގުރާމަނުކުރާނެކަމަށް ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ސީނިއަރ މެންބަރަކު ވިދާޅުވެއްޖެއެވެ.

ވެގްނަރ ގްރޫޕް ދެން ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިނުވާނީ ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ދަށުން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިނުކުރުމުންކަމަށް އެ މެންބަރު ވިދާޅުވިއެވެ.

ތިރިގޭގެ ޑިފެންސް ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ކާނަލް ޖެނެރަލް އަންޑްރޭ ކާޓަޕޮލޮވް ވިދާޅުވީ ރަޝިޔގެ އަސްކަރިއްޔާއާ ދެކޮޅަށް ޔެވްގެނީ ހިންގި ހަރަކާތަކީ ވެސް ޑިފެންސް މިނިސްޓްރީ އާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ޔެވްގެނީ ދެކޮޅު ހެދުމާއެކު ހިންގި ހަރަކާތެއްކަމަށެވެ.

އަންޑްރޭ ވިދާޅުވީ އެ ހަރަކާތް ހިންގާފައިވަނީ ޑިފެންސް މިނިސްޓްރީން ހުރިހާ ހަނގުރާމަވެރިންނަށް ޑިފެންސް މިނިސްޓްރީ އާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް އެންގިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައިކަމަށެވެ. އެކަމަށް ޔެވްގެނީ ފިޔަވައި ހުރިހާ އެންމެން ވެސް ތަބާވިކަމަށް އަންޑްރޭ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީ އާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ދެކޮޅު ހެދި ހިސާބުން ދެން ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިނުވެވޭނެކަމަށް ޔެވްގެނީ އަށް އަންގާފައިވާކަމަށާއި އަދި ރަޝިޔާގެ ސަރުކާރުން ފައިސާ ވެސް ދެން ނުލިބޭނެކަން އަންގާފައިވާކަމަށް އަންޑްރޭ ވިދާޅުވިއެވެ.

ވެގްނަރ ގްރޫޕަށާއި ގްރޫޕްގެ ލީޑަރަށް ފާއިތުވި އަހަރުގެ ތެރޭގައި ރަޝިޔާއިން 2 ބިލިއަން ޑޮލަރު ދީފައިވާކަމަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަނީ ވިދާޅުވެފައެވެ. ވެގްނަރ ގްރޫޕުން ވަނީ 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިން އަށް ދިން ހަމަލާތަކުގައި ވެސް ރަޝިޔާއާ ބައިވެރިވެފައެވެ. އެ ގްރޫޕް އުފެދިފައިވަނީ ވެސް އެއަހަރުއެވެ.

ވެގްނަރ ގްރޫއްޕުރަޝިއާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު