Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޓީއެލްގެ ޚިދުމަތް

ހުވަދުއަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ޖުލައި މަސްތެރޭގައި ފެށުމަށް ދަނީ މަސައްކަތް ކުރަމުން: އާޒިމް

ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށްދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖޫން 2023 | ބުރާސްފަތި 09:30
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ދެކުނުގެ އެންމެ ބޮޑު އަތޮޅުކަމަށްވާ ހުވަދުއަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ޖުލައި މަސްތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ރާއްޖޭގައި ހިންގަމުންދާ ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއަކީ މުޅި ރާއްޖެ ބްރިޖަކުން ގުޅާލުން ފަދަ މަޝްރޫއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ހއ. ހދ. ށ އަދި ޅ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށިފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ ދެކުނުގެ ހުވަދުއަތޮޅުގައި މި ޚިދުމަތް ފެށުމަށް ކަމަށެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީގެ ޓީމް ދެ ފަހަރު އެއަތޮޅަށް ދަތުރުކޮށްފައިވާ ކަމަށާއި، ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެޕްލިކޭޝަނުން ބުކް ކުރާނެ ގޮތާއި، ރޫޓްތައް ހުންނާނެ ގޮތަށް ކިޔައިދީ މައުލޫމާތު ހިއްސާކޮށްފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ މިސަރުކާރުގައި ތަރައްގީގެ މަސައްކަތްތައް ކުރަމުންދަނީ ރައްޔިތުންގެ ހިޔާލު ހޯދައި، ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. ނަމަވެސް މީގެކުރީގެ ސަރުކާރުތަކުގައި އެގޮތަށް މަސައްކަތް ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އޭރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އޭރުގެ ސަރުކާރަކުން ބޭނުންވާ ގޮތަށް ކަމަށާއި، ރައްޔިތުން ނުރުހޭނަމަ އެ މަޝްރޫއު ޖެހޭނީ ދޫކޮށްލަން ކަމަށެވެ.

އާޒިމް ވިދާޅުވީ އަމާޒަކީ 2024 ވަނަ އަހަރު ނިމެންވާއިރު، މުޅި ރާއްޖެ އާރްޓީއެލްގެ ނިޒާމަކުން ގުޅާލުން ކަމަށެވެ. އެމްޓީސީސީއަށް މިއަދު ރައްޔިތުން އިތުބާރު ކުރާ ކަމަށާއި، ވަކި ތާރީހަކަށް ނިންމަން ކަނޑައަޅާފައިވާ މަޝްރޫއުތައް އެތާރީހަކަށް ނިންމާ ރައްޔިތުންނަށް ޚިދުމަތްދޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކާރިސާއަކާ ގުޅިގެން ނުވަތަ މޫސުން ތަންނުދިނުމުގެ ސަބަބުން ބައެއް ހާލަތެއްގައި މަޝްރޫއުތަކަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންނާއި ގުޅިގެން ކަމަށެވެ.

ފެރީގެ ޚިދުމަތް ރަނގަޅުކޮށް މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލުމަކީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހުގެ ވައުދުފުޅެކެވެ. އެގޮތުން އާރްޓީއެލް ފެރީގެ ޚިދުމަތާއެކު ރާއްޖޭގެ ދަތުރުފަތުގެ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. އެއީ ރާއްޖެ އިގްތިޞާދީ ގޮތުން ފުޅާކޮށް ކުރިއަރުވާ ރާއްޖެ ގުޅާލުމަށް ލިބޭ ބާރެއް ކަަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އާދަމް ޢާޒިމްއެމްޓީސީސީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު