Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަމްޕްޑޯރިއާ

ސަމްޕްޑޯރިއާގެ ކޯޗަކަށް ޕިރްލޯ

ޔުވެންޓަސްއާ ހަވާލުވެ އޭނާ ވަނީ ކޮޕާ އިޓާލިއާ އަދި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 28 ޖޫން 2023 | ބުދަ 23:19
އަންދްރެއާ ޕިރްލޯ

އަންދްރެއާ ޕިރްލޯ

ޔުވެންޓަސްގެ ކުރީގެ ކޯޗު އަންދްރެއާ ޕިރްލޯ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސަމްޕްޑޯރިއާގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

އުމުރުން 44 އަހަރުގެ ޕިރްލޯ 2020-21 ގެ ސީޒަނުގައި ޔުވެންޓަސްއާ ހަވާލުވެ، ކޮޕާ އިޓާލިއާ އަދި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކުރިއެވެ. ނަމަވެސް ލީގުގެ ހަތަރު ވަނަ ލިބުމުން އޭނާ މަގާމުން ވަކިކުރިއެވެ. އޭނާ އެންމެ ފަހުން ހުރީ ތުރުކީ ސުޕަ ލީގުގެ ފާތިހު ކަރަގުމްރުކް ގައެވެ. ތާވަލުގެ ހަތް ވަނައިގައި ނިމުމުން މިދިޔަ މެއި މަހު އޭނާ ވަނީ ޓީމު ދޫކޮށްލާފައެވެ.

ސަމްޕްޑޯރިއާ ވަނީ މިދިޔަ ސީޒަނުގައި ރެލިގޭޓް ވެފައެވެ. އޮކްޓޯބަރު މަހު އެ ޓީމާ ހަވާލުވީ އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު ޑީޖާން ސްޓޭންކޮވިޗެވެ. މިއީ 2011 ވަނަ އަހަރުގެ ފަހުން ސަމްޕްޑޯރިއާ ރެލިގޭޓްވި ފުރަތަމަ ފަހަރެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ޕިރްލޯ ވަނީ އިޓަލީ އާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ޔުވެންޓަސް އާއި އޭސީ މިލާންގެ ކުރީގެ މިޑްފީލްޑަރު ރިޓަޔާކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ވަނީ ދެ ޗެމްޕިއަންސް ލީގާއި ހަ ލީގު ތަށި ހިމެނޭހެން ގިނަ ތަށިތަކެއް ކާމިޔާބުކޮށްފައެވެ.

2020 ވަނަ އަހަރު ޔުވެންޓަސްގެ ސީނިއާ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ހަވާލުވީ 23 އަހަރުން ދަށުގެ ޓީމާއެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުން މައުރީޒިއޯ ސާރީ މަގާމުން ވަކިކުރުމާ ގުޅިގެން ޕިރްލޯ ވަނީ ސީނިއާ ޓީމުގެ ކޯޗަށް ބަދަލުކޮށްފައެވެ.

ސަމްޑޯރިއާއަަންދްރެއާ ޕިރްލޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަމްޑޯރިއާ ބަލިކޮށް ނަޕޯލީން އެއް ވަނައިގައި ލީޑު ފުޅާކޮށްފި

ސަމްޑޯރިއާ ބަލިކޮށް ނަޕޯލީން އެއް ވަނައިގައި ލީޑު ފުޅާކޮށްފި

09 ޖެނުއަރީ 2023
ސަމްޑޯރިއާގެ ކޯޗަކަށް ސްޓަންކޮވިޗް ހަމަޖައްސަނީ

ސަމްޑޯރިއާގެ ކޯޗަކަށް ސްޓަންކޮވިޗް ހަމަޖައްސަނީ

05 އޮކްޓޯބަރު 2022
މޮންޒާ އަތުން ބަލިވުމުން ސަމްޑޯރިއާގެ ކޯޗު މަގާމުން ވަކިކޮށްފި

މޮންޒާ އަތުން ބަލިވުމުން ސަމްޑޯރިއާގެ ކޯޗު މަގާމުން ވަކިކޮށްފި

03 އޮކްޓޯބަރު 2022
ޕިރްލޯ ތުރުކީ ލީގަށް

ޕިރްލޯ ތުރުކީ ލީގަށް

13 ޖޫން 2022
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު