Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
1444ވަނަ އަހަރުގެ އަޟްޙާ ޢީދު

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި

ގްރޭޓާ މާލެ އޭރިޔާއިން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ޖޫން 2023 | ބުދަ 03:27
މިއަދުގެ ޢީދު ނަމާދުގެ ތެރެއިން

މިއަދުގެ ޢީދު ނަމާދުގެ ތެރެއިން

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 1444ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައިކޮށްފިއެވެ.

އެގޮތުން ގްރޭޓާ މާލެ އޭރިޔާއިން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ބޮޑު ޖަމާޢަތް ބާއްވާފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު، ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު، ހުޅުމާލެ ފޭސް 1ގެ ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 2ގެ ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު) އަދި ވިލިމާލެ ފުޓްބޯޅަ ދަނޑުގައެވެ.

ބޮޑު ޖަމާޢަތުގައި ނަމާދު ކުރި ނަމަވެސް ފިޠުރު ޢީދެކޭ އެއްގޮތަށް، މާލެ ސަރަޙައްދުގެ ބޮޑެތި މިސްކިތްތަކުގައި ވެސް ޢީދު ނަމާދު ވަނީ ކޮށްފައެވެ. އެގޮތުން މާލޭގެ 17 މިސްކިތެއްގައާއި ވިލިގިލީގެ މަސްޖިދުއްސަލާމްގައި ޢީދު ނަމާދުކޮށްފައިވެއެވެ. އަދި ހުޅުމާލޭގެ ތިން މިސްކިތެއްގައި، ފޭސް-2ގެ ދެ މިސްކިތެއްގައި ޢީދު ނަމާދުކޮށްފައިވާ އިރު ހުޅުލޭގެ ދެ މިސްކިތެއްގައި ޢީދު ނަމާދު ކޮށްފައިވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކާއި ސިޓީތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބޮޑު ޖަމާއަތުގައި ނަމާދު ކުރި ސަރަހައްދުތަކަށް ވެހިކަލްގައި ނުވަދެވޭނެ ގޮތް ހަދާ އާއްމުންނަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާދީފައެވެ.

ރާއްޖޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. ޢީދު ނަމާދު ހުޅުވިފައިވާ ސަރަޙައްދެއްގައި ބޮޑު ޖަމާޢަތެއްގައި ކުރުމަކީ ސުންނަތެކެވެ.

ޢީދު ނަމާދަށް އާއިލާގެ އެންމެން އެކުގައި ދިއުމާއި، ޢީދު ނަމާދަށް ފަހު އެކަކު އަނެކަކާއި ސަލާމްކޮށް ހާލު ބެލުމުގެ އިތުރުން، ޢީދު ނަމާދަށް ފަހު ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނަށް ޒިޔާރަތްކޮށް، "ޢީދު ސައި" ބުއިމަކީ ދިވެހިންގެ ތެރޭގައި އޮންނަ ސަޤާފަތެކެވެ.

ޢީދު ނަމާދު

ކޮމެންޓް

އިތުރަށް ކިޔާލަން

މާތް ނަބިއްޔާގެ ސުންނަތުގައި ޢީދު ނަމާދު

މާތް ނަބިއްޔާގެ ސުންނަތުގައި ޢީދު ނަމާދު

05 ޖޫން 2025
އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމަށް ކަނޑައަޅައިފި

އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމަށް ކަނޑައަޅައިފި

20 މާރިޗު 2024
އީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރަން ހުޅުވާލެވޭ ދޮރެއް ނޫން: ޚުތުބާ

އީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރަން ހުޅުވާލެވޭ ދޮރެއް ނޫން: ޚުތުބާ

28 ޖޫން 2023
މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ

މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ

21 ޖޫން 2023
ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، ބިކަޙާލުގައި އުޅެމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކުރަންޖެހޭ: ޢީދު ޚުތުބާ

ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، ބިކަޙާލުގައި އުޅެމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކުރަންޖެހޭ: ޢީދު ޚުތުބާ

09 ޖުލައި 2022

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު