Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢީދު ޚުތުބާ 1443

ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، ބިކަޙާލުގައި އުޅެމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކުރަންޖެހޭ: ޢީދު ޚުތުބާ

ޢީދު ދުވަހުގެ އުފާވެރިކަން ލިބިގަނެ، އެ އުފާވެރިކަމުގައި އެހެން މީހުންވެސް ބައިވެރިކުރަންޖެހޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 9 ޖުލައި 2022 | ހޮނިހިރު 06:33
ކ. ދިއްފުށީގައި ކުރެވުނު ޢީދު ނަމާދުގެ ތެރެއިން

ކ. ދިއްފުށީގައި ކުރެވުނު ޢީދު ނަމާދުގެ ތެރެއިން

އަޟްޙާ ޢީދު ދުވަހުގެ އުފާތަކުން މޫނުތައް އަލިވެ، ހިނިތުންވުން ފާޅުވެފައިވާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުގައި އުޅެމުންދާ މުސްލިމް އަޚުންނާއި އުޚުތުންތަކެއް ބިކަޙާލުގައި ދިރިއުޅެމުންދާކަން ހަނދާނަށް ގެންނަންޖެހޭ ކަމަށް ޢީދު ޚުތުބާގައި ބުނެފިއެވެ.

"ޢީދުލް އަޟްޙާގެ ޙަޤީޤަތާއި މަޤްޞަދުތައް" މި މައުޟޫގެ މައްޗަށް އިއްވި ޚުތުބާގައި ވަނީ، ދުނިޔޭގެ ބައެއް ޤައުމުތަކުގަައި ހާލުގަައި އުޅެމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ ޙާލަތު ރަނގަޅުކޮށްދެއްވުމަށް ހެޔޮ ދުޢާ ކުރުމަށާއި، އެމީހުންގެ ރައްތަކަށް އަމަންއަމާންކަން ވެރިކުރައްވާތޯ ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވުމުން ޢީދުގެ އުފަލުގައި އެމީހުން ބައިވެރިކުރެވިގެންދާނެ ކަމަށެވެ.

މާތްﷲ ޙައްޖާއި ޢީދު ޝަރުޢުކުރައްވާފައިވަނީ މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށް ޢީދު ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ޢީދަށް، ޢީދޭ ކިޔުނީ ކޮންމެ އަހަރަކު އައު އުފާތަކާއެކު މި ދުވަސް އަންނާތީކަމަށް ފާހަގަކޮށް، ޢީދު ޚުތުބާގައި ބުނެފައިވަނީ، އިސްލާމީ ޢީދުތަކުގައި އޮތީ އުފާވެރިކަމާއި މުނިފޫހިފިލުވުން ކަމަށެވެ. އެއީ ހިތްތަކުގެ ސާފުކަމުންނާއި، މޫނުތަކުގެ އުފާވެރިކަމުން ކަމަށެވެ.

އިސްލާމް ދީނުގައި ޢީދު ފެށެނީ ތަކްބީރުން ކަމަށާއި، އެއީ އެންމެންނަށް އިޢުލާނުކުރެވޭ އުފާވެރިކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެއީ ހުރިހާ ގިންތިތަކަށާއި، ފަންތިތަކަށާއި، އުއްމަތުގެ އެއްވެސް ފަރުދަކު އެކަހެރިނުކޮށް އެންމެން ޝާމިލުވާގޮތަށް އޮތް އުފަލެއްކަމަށެވެ.

ޢީދު ނަމާދުޢީދު ޚުތުބާ

އިތުރަށް ކިޔާލަން

05 ޖޫން 2025

މާތް ނަބިއްޔާގެ ސުންނަތުގައި ޢީދު ނަމާދު

05 ޖޫން 2025
މާތް ނަބިއްޔާގެ ސުންނަތުގައި ޢީދު ނަމާދު
20 މާރިޗު 2024

އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމަށް ކަނޑައަޅައިފި

20 މާރިޗު 2024
އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމަށް ކަނޑައަޅައިފި
28 ޖޫން 2023

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި

28 ޖޫން 2023
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި
28 ޖޫން 2023

އީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރަން ހުޅުވާލެވޭ ދޮރެއް ނޫން: ޚުތުބާ

28 ޖޫން 2023
އީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރަން ހުޅުވާލެވޭ ދޮރެއް ނޫން: ޚުތުބާ
21 ޖޫން 2023

މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ

21 ޖޫން 2023
މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު