Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢީދު ނަމާދު

މާތް ނަބިއްޔާގެ ސުންނަތުގައި ޢީދު ނަމާދު

ދެ ޢީދު ދެނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ދެނަމާދު، އަދި ޢީދު ނަމާދު ޝަރުޢު ކުރެއްވީ، ހިޖްރައިން ދެވަނަ އަހަރު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 5 ޖޫން 2025 | ބުރާސްފަތި 13:17
އީދު ނަމާދު: ދެ ޢީދު ދެނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެއް

އީދު ނަމާދު: ދެ ޢީދު ދެނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެއް

ދެ ޢީދު ދެނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ދެނަމާދެވެ. ޢީދު ނަމާދު ޝަރުޢު ކުރެއްވީ، ހިޖްރައިން ދެވަނަ އަހަރުއެވެ. އެންމެ ފުރަތަމަ رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ކުރެއްވީ ފިޠުރު ޢީދުނަމާދެވެ. ޢީދު ނަމާދަކީ، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ދަތުރުވެރިންނާއި ރަށުގައި ޤާއިމުވެތިބޭ މީހުންނާއި ، މިއެންމެންގެ މައްޗަށް ސުންނަތްވެގެންވާ ނަމާދެކެވެ.

ޢީދު ނަމާދަށް ފެންވަރާ ރިވެތިވެ ހުވަނދުލުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެހެނީ رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ޢީދު ދުވަހުގައި މިދެންނެވި ގޮތަށް ކަންތައް ކުރެއްވިކަން ޙަދީޘުން ޘާބިތުވެއެވެ.

Advertisement - newsAdvertisement

އަދި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަނބަލުން ޢީދުނަމާދަށް ގެންދަވާ ކަމުގައިވިއެވެ. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲބިން ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އަނބި އަނބިކަނބަލުންނާއި ދަރިދަރި ކަނބަލުން ދެ ޢީދުގައި ނެރުއްވާކަމުގައިވިއެވެ.”

ދެޢީދުދެނަމާދު ޖަމާޢަތުގައި ކުރުން މޮޅު އިތުރުވެގެންވެއެވެ. އެއީ رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ އެގޮތަށް ޢަމަލު ކުރެއްވިކަން ޙަދީޘުން ޘާބިތުވާތީއެވެ. ނަމަވެސް އެކަހެރިކޮށް ޢީދު ނަމާދުކުރުން ހުއްދަކަމާއި އެކަމުން ޘަވާބު ލިބޭނެކަން އެނގޭ ޙަދީޘްވެސް އެބަހުއްޓެވެ. އެކަހެރިކޮށް ކުރާ މީހަކަށް ޚުޠުބާ ކިއުމެއްނެތެވެ.

ދެޢީދުދެނަމާދުގެ ވަގުތު ބަޔާން ކުރައްވައި رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިކަމަށް ﷲ ރުއްސުންލެއްވި ޖުންދުބުގެ ކިބައިން އަލްއިމާމް އަޙްމަދު ރިވާކުރައްވާފައިވެއެވެ. " ޞަލަވާތާއި ސަލާމް ލެއްވި ނަބިއްޔާ ތިމަންމެންނާއިގެން ފިޠުރު ޢީދުނަމާދު ކުރައްވާކަމުގައިވީ، އިރު ދެބޮންތީގެ މިންވަރަށް އަރާފައި ހުންނަ ޙާލުގައެވެ. އަދި އަޟްޙާ އީދުނަމާދު ކުރެއްވީ އިރު ބޮންތިއެއްގެ މިންވަރަށް އަރާފައި ހުންނަ ޙާލުގައެވެ. ފިޤްހު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދެޢީދު ދެނަމާދުގެ ވަގުތަކީ އިރު ބޮންތިއެއްގެ މިންވަރަށް އެރީއްސުރެން އިރު މެދުޖެހިއްޖެއުމަށް ދާނދެނެވެ.

رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ދެޢީދުދެނަމާދު ކުރެއްވީ ބަންގިއެއް އަދި ޤަމަތެއް ނުދެއްވައެވެ.

ދެޢީދު ދެނަމާދު رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ކުރެއްވިކަމަށް ޙަދީޘުން ޘާބިތުވަނީ ދެރަކްޢަތެވެ. ފުރަތަމަ ރަކުޢަތުގައި ސޫރަތުލް ފާތިޙާ ވިދާޅުވުމުގެ ކުރީގައި 7 ތަކްބީރު ވިދާޅުވާ ކަމުގައި ވިއެވެ. ދެވަނަ ރަކްޢަތުގައި ސޫރަތުލް ފާތިޙާގެ ކުރީގައި 5 ތަކްބީރު ވިދާޅުވާ ކަމުގައިވިއެވެ. އަލްޙަމްދުގެ ފަހުގައި ފުރަތަމަ ރަކްޢަތުގައި ޤާފް ސޫރަތް ދެވަނަ ރަކްޢަތުގެ އަލްޙަމްދުގެ ފަހުގައި އަލްޤަމަރު ސޫރަތް ބައެއް ފަހަރު ވިދާޅުވާ ކަމުގައިވިއެވެ. އަދި ބައެއްފަހަރު އަލްޙަމްދުގެ ފަހުގައި ފުރަތަމަ ރަކްޢަތުގައި އަލްޢައުލާ ސޫރަތް ދެވަނަ ރަކްޢަތުގައި އަލްޣާޝިޔާ ސޫރަތް ވިދާޅުވާ ކަމުގައިވިއެވެ.

ނަމާދު ކުރެއްވުމަށްފަހު ދެ ޚުޠުބާ ވިދާޅުވާކަން ޙަދީޘުން އެނގެއެވެ. ޢީދު ނަމާދާގުޅިގެން އެއްވެސް ކަހަލަ ސުންނަތް ނަމާދެއް އެނަމާދުގެ ކުރީގައިވެސް އަދި ފަހުގައިވެސް رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ކުރެއްވި ކަމަށް އެއްވެސް ދަލީލަކުން އެނގޭކަށް ނެތެވެ. ނަމަވެސް މިސްކިތަށް އަރާ މީހާ ތަޙިއްޔަތުލް މަސްޖިދުގެ ދެރަކުޢަތް ކޮށްލުމަކީ އެންމެ ރަނގަޅުކަމެކެވެ.

ކުރިމަތިވަމުން އަންނަ އުފާވެރި ޢީދުގެ ތަހުނިޔާ އާއި މުބާރިކް ބާދީ އާއި ހެޔޮއެދުމާއި ތަހުނިޔާ ރާޖެ ޓީވީގެ އެންމެހާ ބެލުންތެރިންނާއި ރާއްޖޭގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ.

މައުލޫމާތު: ޢިލްމުވެރިންގެ ފަތުވާތަކުން

ނަބިއްޔާ މުޙައްމަދު ﷺޢީދު ނަމާދުއީދުލްފިތުރު ސަލާތްފިޠުރު ޒަކާތް

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
20 މާރިޗު 2024

އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމަށް ކަނޑައަޅައިފި

20 މާރިޗު 2024
އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމަށް ކަނޑައަޅައިފި
28 ޖޫން 2023

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި

28 ޖޫން 2023
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި
28 ޖޫން 2023

އީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރަން ހުޅުވާލެވޭ ދޮރެއް ނޫން: ޚުތުބާ

28 ޖޫން 2023
އީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރަން ހުޅުވާލެވޭ ދޮރެއް ނޫން: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު