Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީދު ޚުތުބާ

އީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރަން ހުޅުވާލެވޭ ދޮރެއް ނޫން: ޚުތުބާ

އީދު ދުވަހަކީ ﷲ ހަނދުމަ ކުރުން މަތީ ދެމިތިބެންޖެހޭ ދުވަހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޖޫން 2023 | ބުދަ 02:50
މިއަދުގެ ޢީދު ނަމާދުގެ ތެރެއިން

މިއަދުގެ ޢީދު ނަމާދުގެ ތެރެއިން

އީދަކީ ﷲ ގެ ޙައްދުތަކާއި ޙުރުމަތްތައް ގިރާ ކުރުމަށް ހުޅުވާލެވޭ ދޮރެއް ނޫންކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފިއެވެ.

އީދު ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އިއްވި ޚުތުބާގައި އީދު ދުވަހަކީ ﷲ ހަނދުމަ ކުރުން މަތީ ދެމިތިބެންޖެހޭ ދުވަހެއްކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އީދު ދުވަހަކީ އުފާވެރި ބާއްޖަވެރި ދުވަހަކަށް ހެދުމަށްޓަކައި އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އިސްލާމް ދީނުގައި އީދު ފާހަގަ ކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫންކަން ފާހަގަކޮށް އީދު ޚުތުބާގައި ބުނީ، އެއީ ﷲ ގެ ޙައްދުތަކާއި ހުރުމަތްތައް ގިރާ ކުރުމަށް ހުޅުވާލެވޭ ދޮރެއް ނޫން ކަމަށެވެ. އެގޮތުން އިސްލާމް ދީނުގައި އީދުތަކަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ގަތުމާއި ވިދިވިދިގެން އަންނަ  ދުވަސްތަކެއްކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ވަނީ ޙައްޖުގެ އަޅުކަންތަކުގެ ތެރެއިން ޢަރަފާތުގައި ހުރުމުގެ މާތްކަމަށްވެސް އަލިއަޅުވާލާފައެވެ.

އޭގެ އިތުރުން، އީދު ދުވަހަކީ ޤުރުބާން ކުރުމުގެ ދުވަސްކަން ފާހަގަކޮށް ޚުތުބާގައި ވަނީ ދީނުގެ މާތްވި ނަބިއްޔުންނާއި ރަސޫލުންގެ ދިރިއުޅުއްވުމުގެ މިސާލުތައް ކިޔާދީފައެވެ.

ހަމައެއާއެކު، އިސްލާމީ ދުނިޔެ ކުރިއަރާނީ ކިޔަމަންތެރިކަން އިސްކޮށްގެންކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

އީދުގެ އުފާ ފާޅު ކުރަންޖެހޭނީ އިސްލާމް ދީނުގައި ޝަރުއު ކުރައްވާފައިވާ އިމުގެ ތެރެއިންކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އަހަރުމެން އީދު ފާހަގަކުރަން ޖެހޭނީ އެހެން މީހުން އެކަން ކުރާ ގޮތް ކޮޕީ ކޮށްގެން ނޫން ކަމަށެވެ.

ޢީދު ނަމާދުޢީދު ޚުތުބާ

އިތުރަށް ކިޔާލަން

05 ޖޫން 2025

މާތް ނަބިއްޔާގެ ސުންނަތުގައި ޢީދު ނަމާދު

05 ޖޫން 2025
މާތް ނަބިއްޔާގެ ސުންނަތުގައި ޢީދު ނަމާދު
20 މާރިޗު 2024

އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމަށް ކަނޑައަޅައިފި

20 މާރިޗު 2024
އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 7:00 ކަމަށް ކަނޑައަޅައިފި
28 ޖޫން 2023

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި

28 ޖޫން 2023
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި
21 ޖޫން 2023

މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ

21 ޖޫން 2023
މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ
09 ޖުލައި 2022

ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، ބިކަޙާލުގައި އުޅެމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކުރަންޖެހޭ: ޢީދު ޚުތުބާ

09 ޖުލައި 2022
ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، ބިކަޙާލުގައި އުޅެމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކުރަންޖެހޭ: ޢީދު ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު