Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލުއި ޚަބަރު

ޢީދު ޖާފަތަށް ފަލަސްޠީނުން މާމޫލް

މާމުލް އަކީ ކަދުރު އަޅައިގެން ތައްޔާރުކުރާ ބިސްކޯދެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 27 ޖޫން 2023 | އަންގާރަ 18:36
ފަލަސްތީނުގެ އަންހެނުންތަކެއް މާމުލް ތައްޔާރު ކުރަނީ

ފަލަސްތީނުގެ އަންހެނުންތަކެއް މާމުލް ތައްޔާރު ކުރަނީ

ހުޅަނގު އައްސޭރިއަށް، ހޫނު މޫސުމުގެ ދުވަސްވަރެވެ. ޖެހެމުންދާ ވައިރޯޅިން ހިތާއި ބަނޑުވެސް ފުރިދާ ކަހަލައެވެ. އެއްތަނަކަށް ޖަމާވެ ތިބި ފަލަސްޠީނުގެ އަންހެންވެރިން އަވަދިނެތި އުޅެމުން އެދަނީ އަޟްޙާ ޢީދަށް ބިސްކޯދު ފިހުމުގެ މައްސަކަތުގައެވެ. ކަދުރު އަޅައިގެން ތައްޔާރުކުރާ މި ޚާއްޞަ ބިސްކޯދަށް ޢަރަބި ދުނިޔޭގައި ކިޔާ އުޅެނީ 'މާމޫލް'އެވެ. ދުވަމުން އެދަނީ މާމޫލް ފިހާ މީރުވަހެވެ.

މާ ދުރު ނޫން ހިސާބެއްގައި އަތްމަތި ބުރައްކޮށްލައިގެން އެ އުޅެނީ އަހުމަދު އިދުރީހެވެ. އެއީ ވަޑިއެކެވެ. އޭނާގެ މަސައްކަތަކީ، އުފާ ފާޅު ކުރުމުގެ މި ދުވަސްވަރަށް ޚާއްސަ މާމޫލް ބިސްކޯދު އެކި ފަރުމާތަކަށް ތައްޔާރު ކުރަން ބޭނުން ކުރާ ތައްގަނޑުތައް ހެދުމެވެ.

އިދުރީހަކީ ޒުވާން ވަޑިއެކެވެ. ޒަމާނީ މެޝީނަރީތައް ބޭނުން ކުރުމުގެ ބަދަލުގައި، އަމިއްލަ އަތުން ލަކުޑީގެ އެކި ކަހަލަ ސާމާނުތައް އުފެއްދުމަށް އޭނާ ލޯބި ކުރެއެވެ. ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށް ވާ ހިބްރޫންގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް އިދުރީސް ނިންމީ މީގެ އެތައް އަހަރެއް ކުރިންނެވެ. އޭނާގެ ކާފަގެ ފަހަތުންނެވެ.

އިދުރީސްގެ ކަވި މަސައްކަތްތެރިކަން ފެނިގެން އެކި އުފެއްދުންތައް ގަންނަން ލިބެއެވެ. ފަލަސްޠީނުގެ އިތުރުން، ބޭރުގެ އެކި އެކި ޤައުމުތަކަށްވެސް އޭނާގެ އުފެއްދުންތައް ވިއްކައެވެ. މިކަމަށް ޚާއްޞަކޮށްގެން، "ޒާޓަރ"ގެ ނަމުގައި އިދުރީސް ދަނީ އިންސްޓަގްރާމްގައި އެކައުންޓެއްވެސް ހިންގަމުންނެވެ.

ޢަރަބި ޘަޤާފަތުގެ ތެރޭގައި ހިމެނޭ މާމޫލް ބިސްކޯދު ތައްޔާރު ކުރަނީ ސެމޮލީނާ ނުވަތަ ރަވާ ފުށާއި ގީ (ގިތެޔޮ) އެއްކޮށްގެންނެވެ. ފުށްގަނޑު ތައްޔާރު ކުރުމަށްޓަކާ ބިސްކޯދު އެކުލެއްވުމުގެ ގޮތުން ތަތް މާއްދާއަކާއި ރަހަ މީރު ކުރަން ބޭނުން ކުރާ ހަވާދުގެ އެހެނިހެން ބާވަތްތައްވެސް އަޅައެވެ. ފުށްގަނޑު ތައްޔާރު ކޮށް ނިމުމުން، ބިސްކޯދު ތައްގަނޑުން ކަނޑާ ނިންމާލާއިރު، އޭގެ ތެރެއަށް ކަދުރާއި ވޯލްނަޓް އަދި ޕިސްޓާޝިއޯވެސް އަޅައެވެ.

ހިބްރޫންގައި ހިންގާ 'ބައިޢަތު އަލް ސާދާ'އަށް ގިނަ ޢަދަދެއްގެ އަންހެނުން ޖަމާވެ، އުފާވެރި ވަޤުތުތަކެއް ހޭދަ ކުރަމުން އެ ދަނީ، އެތައް ސަތޭކަ ކިލޯއެއްގެ މާމޫލް ތައްޔާރު ކުރުމުގެ މަޖަލުގެ ތެރޭގައެވެ. އެއީ ޢީދުގެ އުފާވެރި މުނާސަބަތާ ދިމާކޮށް، ފިހާރަތަކުގައި ވިއްކުމަށެވެ. ނުވަތަ ވަކިވަކި ފަރުދުންނަށް ވިއްކުމަށެވެ.

މާމޫލް ތައްޔާރު ކުރުމަށްޓަކާ، ޢީދު ޗުއްޓީގެ ކުރިން ޢާއިލާގެ މެންބަރުން އެއްތަންވެ، މަސައްކަތް ފަށައެވެ. ކުދިބޮޑު އެންމެންނާއި އަވަށްޓެރިންވެސް ބައިވެރި ކުރެއެވެ. އުފާވެރި ޢީދެއްގެ ހަނދާންތައް ފުރިހަމަ ވެގެން ދަނީ މާމޫލް ތައްޔާރު ކުރުމުގެ މަސައްކަތާވެސް އެކުގައެވެ.

އަޟްޙާ ޢީދަކީ މުސްލިމުން އުފާ ފާޅުކުރުމަށް ކަނޑައަޅުއްވާފައިވާ 2 ދުވަހުގެ ތެރެއިން އެއް ދުވަހެވެ. އެމީހަކަށް ވީ އެންމެ ފުރިހަމަ އަކަށް ޢީދުގެ އުފަލުގައި ބައިވެރިވުމަށް މުސްލިމު އަޚުންނާއި އުޚުތުން ގަދަ އަޅާ މަސައްކަތް ކުރެއެވެ. އިޒްރޭލުގެ ރަހުމެއް ނެތް އަޅުވެތި އިސްތިޢުމާރީ ކަސްތޮޅުގައި ބެދިފައި އޮންނަތާ 75 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަލަސްޠީނުންވެސް ފެނިގެން މިދަނީ ހަމަ އެ މަންޒަރެވެ.

ދުނިޔެ

އިތުރަށް ކިޔާލަން

07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު