Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަޓެއޯ ކޮވަސިޗް

ކޮވަސިޗް މެންޗެސްޓާ ސިޓީއާއެކު ސޮއިކޮށްފި

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ސިޓީއާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 28 ޖޫން 2023 | ބުދަ 02:13
މަޓެއޯ ކޮވަސިޗް

މަޓެއޯ ކޮވަސިޗް

މެންޗެސްޓާ ސިޓީން ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޗެލްސީން ސިޓީއަށް ކޮވަސިޗް ބަދަލުވީ 25 މިލިއަން ޕައުންޑަށެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ސިޓީއާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އާއެކު ސޮއިކުރުމުގެ ކުރިން އިލްކޭ ގުންޑޮގާން ބާސެލޯނާއަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ބަދަލުވިކަން އެ ކުލަބުން ވަނީ އިއުލާނުކޮށްފައެވެ.

ކޮވަސިޗަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި އެފްއޭ ކަޕު ކާމިޔާބުކުރުމަށްފަހު ސިޓީން ހޫނު މޫސުމުގައި ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

ކޮވަސިޗް ބުނީ ސިޓީ އަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމު ކަމަށާއި ސިޓީއާ ގުޅުމަކީ ކޮޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ، ދަސްކުރަން ބޭނުންވާ ބައިވަރު ކަންކަން އަދިވެސް ހުރިކަމަށާއި، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ވަރަށް ގިނަ ކަންކަން ދަސްވާނެ ކަމަށެވެ.

ކޮވަސިޗް ރެއާލް މެޑްރިޑުން ޗެލްސީއާ ގުޅުނީ 2018 ވަނަ އަަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީ އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ އެ ކުލަބަށް 37 މެޗު ކުޅެދީފައެވެ. ފަހުގެ ތާރީހުގައި ޗެލްސީގެ އެންމެ ނާކާމިޔާބު ސީޒަން ނިންމާލީ ތާވަލުތެ 12 ވަނައިގައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކޮވަސިޗް ވަނީ ކްރޮއޭޝިއާ އަށް 95 މެޗު ކުޅެދީފައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިން ވަނަ ކްރޮއޭޝިއާއިން ހޯދިއިރު، އޭނާ ވަނީ މުބާރާތުގެ ހުރިހާ މެޗެއްގައި ކުޅެފައެވެ.

ކޮވަސިޗް އަކީ 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޗެލްސީ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

މެންޗެސްޓަރ ސިޓީޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު