Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ރާއްޖެ ކަޓައިފިތަ؟ ސެމީގެ ފުރުސަތު އޮތީ ކިހާވަރަކަށް؟

ރާއްޖެއަށް ލެބަނަން ބަލިކުރަން ޖެހޭނީ ތިން ލަނޑުގެ ތަފާތަކުން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 27 ޖޫން 2023 | އަންގާރަ 11:47
ބޫޓާނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

ބޫޓާނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ލެބަނަންއާއި ރާއްޖެ އަދި ބަނގްލަދޭޝްއާއި ބޫޓާން ހިމެނޭ ގްރޫޕުގައި ބާކީ އޮތީ މާދަމާ ކުޅެންޖެހޭ ފަހު ދެ މެޗެވެ. ރާއްޖެ ނުކުންނާނީ ލެބަނަންއާ ދޮޅަށެވެ. ބޫޓާން ކުޅޭނީ ބަނގްލަދޭޝްއާއެވެ. މި ދެ މެޗަށް މި ހަތަރު ޓީމު ނުކުންނައިރު ހަތަރު ގައުމަށްވެސް ސެމީގެ ފުރުސަތު އެބައޮތެވެ.

ބޫޓާން ބަލިކޮށް، ބަނގްލަދޭޝް އަތުން 20 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ބަލިވިނަމަވެސް ރާއްޖެ އަދި މުބާރާތަކުން ނުކަޓައެވެ. މިއަދުގެ މެޗުގައި ލެބަނަން އަތުން ތިން ލަނޑުން މޮޅުވެގެން ރާއްޖެއަށް ސެމީއަށް ދެވިދާނެއެވެ. ސަބަބަކީ ދެ މެޗު ކުޅެގެން ލެބަނަންއަށް ލިބިފައިވަނީ 6 ޕޮއިންޓާއި ފައިދާ ފަސް ގޯލު ކަމަށްވާތީއެވެ. ރާއްޖެއަށް ލިބިފައިވަނީ ދެ މެޗުން ތިން ޕޮއިންޓެވެ. ފައިދާ ގޯލެއް ނެތެވެ.

ދެވަނަ ގޮތަކީ މި މެޗު އެއްވަރުވެފައި ބޫޓާނާއި ބަނގްލަދޭޝް ކުޅޭ މެޗުން ބަނގަލްދޭޝް ބަލިވުން، ނުބަތަ ބޫޓާން މޮޅުވުމެވެ. އެކަމަކު ތިން ލަނޑުގެ ތަފާތެއް ނުލިބި ބަނގްލަދޭޝް ބޫޓާން އަތުން ޕޮއިންޓެއް ހޯދި ނަމަވެސް ރާއްޖެ ކަޓާނެއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅެން ފެށީއްސުރެ ރާއްޖެ މިހާތަނަށް ގްރޫޕް ސްޓޭޖުން ކަޓާފައެއްނުވެއެވެ. އެކަމަކު މިފަހަރަކީ ސެމީއަށް ދިއުމަށްވުރެ ރާއްޖެ ކެޓުން ގާތް ފަހަރެއް ކަމަށް ބެލެވެއެވެ. ސަބަބަކީ ފަހު މެޗުގައި ނުކުންނަން ޖެހެނީ މި ގްރޫޕުގައި އޮތް އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކަމަށް ވާތީއާއި ބަނގްލަދޭޝް އަތުން ރާއްޖެ ބަލިކޮށް، އަމިއްލަ ބާރު ހޯދާފައިވުމެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ހޭންޑްބޯލް ޓީމު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު