Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެގްނަރ ގްރޫޕްގެ ލީޑަރ

ވެގްނަރ ގްރޫޕްގެ ލީޑަރާއި ގުޅޭ ތަހުގީގު ދަނީ ކުރިޔަށް: ރަޝިޔާގެ މީޑިޔާ

ޔެވްގެނީ އަށް 12 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޖޫން 2023 | ހޯމަ 17:16
ވެގްނަރ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން

ވެގްނަރ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން

ރަޝިޔާގެ ކުލީ ސިފައިންގެ ގްރޫޕް ވެގްނަރ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން އާ ގުޅޭ ތަހުގީގު ދަނީ ކުރިޔަށްކަމަށާއި އޭނާ އާ ދެކޮޅަށް ދައުވާކުރެވޭނެކަމަށް ރަޝިޔާގެ މީޑިޔާތަކުން ބުނެފިއެވެ.

ރަޝިޔާގެ ނިއުސް އެޖެންސީއެއް ކަމުގައިވާ ކޮމަރސަންޓް ނިއުސްޕޭޕަރ ގެ އިތުރުން ރަޝިޔާގެ މައި ތިން ނިއުސް އެޖެންސީއަކުން ވަކި ސޯސްއަކަށް ހަވާލާނުދީ މިގޮތަށް ރިޕޯޓްކޮށްފައިވާއިރު ވެގްނަރ ގްރޫޕުން އަމާންދީފައިވަނީ އެމީހުންނަށް ހިމާޔަތްލިބޭނެކަމުގެ ޔަގީންކަން ލިބުމުންނެވެ.

ވެގްނަރ ގްރޫޕު ރަޝިޔާގެ ވެރިރަށް މޮސްކޯ އާ ދިމާލަށް ދިޔައިރު ހަމަ އެދުވަހު ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޓީވީ މެދުވެރިކުރައްވާ ރައްޔިތުންނާ މުޚާތަބުކުރައްވަމުން ވަނީ އަސްކަރިއްޔާ އާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވާފައެވެ. ވެގްނަރ ގްރޫޕުން ވަނީ ރަޝިޔާގެ ދެކުނުގެ ސިޓީއެއްކަމުގައި ރޮސްޓޮވް ހިފާފައެވެ. އަދި އެއަށްފަހު އިންސާފުގެ ހިނގާލުންކަމަށް ބުނެ މޮސްކޯ އާ ދިމާލަށް މިސްރާބު ޖެހިއެވެ. މޮސްކޯ އާ ދިމާލަށް މިސްރާބު ޖެހީ ރަޝިޔާގެ އަސްކަރިއްޔާގައި ތިބި ކޮރަޕްޓް ކޮމާންޑަރުން މަގާމުތަކުން ވަކިކުރުމަށްކަމަށް ބުނެއެވެ.

ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކަޝެންކޯ މެދުވެރިއެއްގެ ރޯލު އަދާކުރައްވައިގެން ވެގްނަރ ގްރޫޕްގެ މިސްރާބު ބަދަލުކޮށްލިއިރު ކްރެމްލިން އިން ބުނެފައިވަނީ ޔެވްގެނީ އާ ދެކޮޅަށް ދައުވާނުކުރާނެކަމަށެވެ. އަދި ޔެވްގެނީ ވަނީ ބެލަރޫސް އަށް މިސްރާބު ޖަހާފައެވެ. ޔެވްގެނީ ދައުވާތަކުން ސަލާމަތްވިއިރު ވެގްނަރ ގްރޫޕްގެ ހަނގުރާމަވެރިންވެސް ދައުވާތަކުން ސަލާމަތްވާނެކަމަށް ކްރެމްލިން އިން އޭރު ވަނީ ބުނެފައެވެ.

ނަމަވެސް ކޮމަރސަންޓް ނިއުސްޕޭޕަރ އިން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޔެވްގެނީ އާ ދެކޮޅަށް ކުރަމުންދާ ތަހުގީގު ދަނީ ކުރިއަށެވެ. އެގައުމުގެ ފެޑެރަލް ސެކިޔުރިޓީ ސަރވިސް އިން އެތަހުގީގު ކުރަމުންދާއިރު އެކަން ނިމޭނެ ދުވަހެއް އަދި ނޭނގޭކަމަށް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ރަޝިޔާގެ ގާނޫނު ބުނާގޮތުން އެދައުވާތައް ޔެވްގެނީގެ މައްޗަށް ސާބިތުވެއްޖެނަމަ 12 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ހަރަކާތަށްފަހު ވެގްނަރ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިންގެ ޚަބަރެއްވެސް ނުވެއެވެ. އެންމެފަހުން ޔެވްގެނީ ފެނިފައިވަނީ އޭރު ވެގްނަރ ގްރޫޕުގެ ބާރުގެ ދަށުގައި އޮތް ރަޝިޔާގެ ސިޓީއެއްކަމުގައި ރޮސްޓޮވް އިން އެސްޔޫވީ ކާރެއްގައި ނިކުމެގެން ދަނިކޮށެވެ.

ވެގްނަރ ގްރޫއްޕުރަޝިއާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު