Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިނީޝިއަސް

ޗުއްޓީއާ ގުޅިގެން ކޯޓުގެ އަޑުއެހުން ފަސްކުރަން ވިނީޝިއަސް އެދިއްޖެ

27 ޖޫން 2023 | އަންގާރަ 02:10

ވެލެންސިއާ މެޗުގައި ދިމާވި މައްސަލަ ސްޕެއިންގެ ކޯޓުތަކުން ދަނީ ބަލަމުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 27 ޖޫން 2023 | އަންގާރަ 02:10
ވިނީޝިއަސް

ވިނީޝިއަސް | ރޮއިޓާސް

ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއަސް ޖޫނިއާ ޗުއްޓީގައި ހުރުމުން، ނަސްލީ ފުރައްސާރައިގެ މައްސަލައެއްގައި ތާވަލުކޮށްފައިވާ އަޑުއެހުން ފަސްކޮށްދިނުމަށް ވެލެންސިއާގެ ކޯޓެއްގައި އެދިއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ވިކްޓިމްގެ ހައިސިއްޔަތުން ވިނީޝިއަސް އަންނަ އަންގާރަ ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ވެލެންސިއާގައި ކުޅުނު ސްޕެނިޝް ލީގުގެ މެޗެއްގައި ބްރެޒިލްގެ ފޯވާޑަށް ނަސްލީ ގޮތުން ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހެއްގެ ހެކި އެނަލައިޒް ކުރާ ފަނޑިޔާރަކަށެވެ.

އުމުރުން 22 އަހަރުގެ ވިނީޝިއަސް ޗުއްޓީ ހޭދަކުރަމުން ދަނީ ފްލޮރިޑާގެ މިއާމީގައި ކަމަށް ރިޕޯޓްތައް ބުނާއިރު، އަލުން ޝެޑިއުލް ކުރަން ކުޅުންތެރިޔާގެ އެދުމަށް ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމާނީ ފަނޑިޔާރެވެ. ވެލެންސިއާގެ ކޯޓަކުން މިދިޔަ މަހު ވަނީ ނަސްލީ ތަފާތުކުރުމުގެ މައްސަލަ ބަލަން ފަށައިފަ އެވެ.

ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު 10 މިނެޓަށް މެދުކަނޑާލީ މެސްޓަލާ ސްޓޭންޑުތަކުގައި އޭނާއަށް ގޯނާ ކުރާ މީހުންނަށް ވިނީޝިއަސް އިޝާރާތް ކުރުމުންނެވެ. ވިނީޝިއަސް އާއި ސްޓޭޑިއަމްގެ ސެކިއުރިޓީ ކެމެރާތަކުން ދެނެގަތް ތިން މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވެސް ފަނޑިޔާރެއްގެ ކުރިމަތީގައި ހެކިބަސް ދީފައިވާއިރު އެންމެ ފަހުން ހެކިބަސް ދޭނީ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ. ވެލެންސިއާއިން ވަނީ އެ ތިން ސަޕޯޓަރުން އުމުރަށް އެ ސްޓޭޑިއަމަށް ވަނުން މަނާކޮށްފައެވެ.

ބްރެޒިލްގެ މި ކުޅުންތެރިޔާއަށް ފުރައްސާރަކުރި ކަމަށް ބުނެ ސްޕެނިޝް ލީގުން ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބައެއް މައްސަލަތައް ވަނީ މަޑުޖައްސާލާފައެވެ.

މެސްޓަލާ ސްޓޭޑިއަމްގައި ހިނގި މި ހާދިސާއަކީ ސްޕެނިޝް ލީގުގައި ވިނީޝިއަސް އަށް ކުރިމަތިވި ނަސްލީ ގޯނާގެ އެންމެ ފަހުގެ މައްސަލައެވެ. އެކަމާ ގުޅިގެން ސްޕެއިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ވަނީ ވަރަށް ބޮޑަށް ރައްދު ދީފަ އެވެ.

ވިނީޝިއުސް ޖޫނިއަރރެއާލް މެޑްރިޑް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް

14 އޯގަސްޓު 2026
ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް
06 އޯގަސްޓު 2026

ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ މޮރީނިއޯ

06 އޯގަސްޓު 2026
ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ މޮރީނިއޯ
28 ޖުލައި 2026

ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް

28 ޖުލައި 2026
ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް
25 ޖޫން 2026

ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް

25 ޖޫން 2026
ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް
17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
15 ޖޫން 2026

ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ

15 ޖޫން 2026
ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ
14 ޖޫން 2026

މިއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދަން އަހަރެން އައިސް ހުރި ފަހަރެއް ނޫން: ވިނީޝިއަސް

14 ޖޫން 2026
މިއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދަން އަހަރެން އައިސް ހުރި ފަހަރެއް ނޫން: ވިނީޝިއަސް
14 ޖޫން 2026

މޮރޮކޯ ބްރެޒިލް އާ އެއްވަރުކޮށް ސިއްސުވާލައިފި

14 ޖޫން 2026
މޮރޮކޯ ބްރެޒިލް އާ އެއްވަރުކޮށް ސިއްސުވާލައިފި
08 ޖޫން 2026

ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި

08 ޖޫން 2026
ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި
06 ޖޫން 2026

ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

06 ޖޫން 2026
ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް