Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަން ކޮމިޝަންގެ މަސައްކަތް

އިލެކްޝަން ކޮމިޝަން އޮތީ ޑެޑްލޮކެއްގަ އެއް ނޫން: އީސީގެ ނައިބު ރައީސް

ކޮމިޝަނުން ކުރަން ލާޒިމް ކުރާ މަސައްކަތްތައް ކުރިއަށްދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖޫން 2023 | އާދީއްތަ 11:32
އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބް

އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބް

އިލެކްޝަން ކޮމިޝަނުން އޮތީ ޑެޑްލޮކެއްގައި ނޫން ކަމަށާއި، މަސައްކަތްތަކަށް ހުއްޓުމެއް ނާންނަ ކަމަށް އެކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ހަބީބު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، މަސައްކަތްތަކަށް ހުއްޓުމެއް ނާންނަ ކަމަށެވެ. އިންތިޚާބުގެ ގާނޫނާއި ގަވާއިދުތައް ފާޅުކަން ބޮޑު ގޮތެއްގައި އާއްމު ކުރެވިފައިވާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ ކޮމިޝަނުން ކުރަން ލާޒިމް ކުރާ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަނުން އޮތީ ޑެޑްލޮކެއްގައި ނޫން ކަމަށާއި، އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ދި ޑިމޮކްރެޓްސްގެ ރަޖިސްޓްރީ ހަވާލު ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ޖަލްސާއެއްް ބޭއްވުމުގެ ފުރުސަތު ދިނުމަށް ކޮމިޝަނުގެ މެމްބަރުންނަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ގޮވާލައްވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ ޖަލްސާއަކުން ނިންމަންޖެހޭ ކަމަކަށް އޮންނާނީ ކެންޑިޑެންސީ ބަލައިގަތުމަށްފަހު ނިންމިގޮތް ކަނޑައެޅުން ކަމަށެވެ. އަދި އެގޮތަށް އެމަސައްކަތް ކުރިއަށްދާނެ ކަމަށާއި، ގާނޫނުގައިވާ ގޮތުން ޖަލްސާއެއް ބާއްވަންޖެހެނީ މަހަކު އެއްފަހަރު ކަމަށް ހަބީބު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ބާއްވަން އުޅުނު ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް އިތުބާރު ނެތްކަމަށް ވިދާޅުވެ، އަލީ ނަޝާތުއާއި މުހައްމަދު އާސިފް ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެކޮޅުވެސް ހެއްދެވިއެވެ. ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ޖުލައި 2ގައި ދިނުމަށް ނިންމާފައިވާ ގޮތާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ހަބީބް ވިދާޅުވީ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އީސީގެ ހުރިހާ މެމްބަރުން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ އެންމެހައި ކަންކަން އަމާނަތްތެރިކަމާ ތެދުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ގާނޫނުން ލާޒިމް ކުރާ ގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަނުން ވަނީ ދީފައެވެ.

3560 ފޯމާއެކު ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅީ ޖޫން އެއްވަނަ ދުވަހުއެވެ. ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންއިސްމާއީލް ހަބީބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު