Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުވާފަރު ކައުންސިލުގެ ކޮރަޕްޝަން

ދުވާފަރު މައްސަލައިގައި ދައުވާނުކޮށް، ނަސޭޙަތުގެ އެއްބަސްވުމަކަށް ދިޔަ ސަބަބުތައް ޝަމީމް ކިޔާދެއްވައިފި

އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް، ކުށުގެ ދައުވާ އުފުލޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖޫން 2023 | އާދީއްތަ 10:28
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލަގައި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ސަބަބުތައް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކިޔާދެއްވައިފިއެވެ.

މި މައްސަލައިގައި، ދައުވާކުރުމުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އެކަމުގެ ފަހަތުގައިވާ ސަބަބުތައް ޝަމީމް ވަނީ އޭނާގެ ބްލޮގްގައި ކިޔާދެއްވާފައެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، ކުށުގެ ތުހުމަތުގައިވާ މީހުން، ކުށުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އެމީހުނަށް އިތުރު ފުރުޞަތު ދީ، މުޖްތަމަޢަށް ރުޖޫޢަވެ، މުޖްތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެމީހުންގެ މައްޗަށް ކުށުގެ ދައުވާ ކުރުމުގެ ބަދަލުގައި ނަޞޭޙަތްދީ މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ނަޞޭޙަތުގެ އެއްބަސްވުން ހެދުމާ ގުޅޭ ގޮތުން، ދައުވާކުރުމުގެ ބަދަލުގައި ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ދެނެގަތުމުގައި ބަލާނެ މިންގަނޑުތައް ކިޔައިދޭ ދެ ލިސްޓެއް ޤާނޫނުގައި އޮންނަ ކަމަށެވެ.

އެއީ ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ނަޞޭޙަތްދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް އޮތް ލިސްޓަކާއި، ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް އޮތް ލިސްޓެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ދުވާފަރު ކައުންސިލްގެ މައްސަލައިގައި، ޢާންމު މަޞްލަޙަތަށް ފައިދާހުރީ ދައުވާ ކުރުންކަމަށް ބަލާނެ ލިސްޓުގައި އޮތް ކަންތައްތަކަށް ބަލައިގެން ކިޔައިފިނަމަ، އެލިސްޓުގައި ހުރި ތިން ކަމެއް ފުރިހަމަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެއީ، ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިނގި ކަމަކަށްވުމާއި، މުޖްތަމަޢުގައި ޒިންމާދާރު މަޤާމެއްގައި ތިބި ބަޔަކު ކުރި ކަމަކަށްވުމާއި ކުށްކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިމެނުން ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ، ދައުވާކުރަން ބާރުއަޅާ ލިސްޓުން ފުރިހަމަވީ، ލިސްޓުގައި އޮތް 13 ކަންތަކުގެ ތެރެއިން އެންމެ 3 ކަންތައް ކަމަށެވެ. އެހެންނަމަވެސް، ނަޞޭހަތްދިނުމަށް ބާރުއަޅާ ލިސްޓުގައި ހުރި ހުރިހާ ކަމެއް ފުރިހަމަވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ވީމާ، ޤާނޫނު މިހާރު އޮތް ގޮތުން، މިމައްސަލައަކީ ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމަށް ހުއްދަ ލިބޭ، އެކަމަށް ޤާނޫނު ތަޞައްވުރު ކޮށްފައި އޮތް، ޝަރުޠު ހަމަވާ މައްސަލައެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ޤާނޫނު ތަންފީޒުކުރުމުގައިވެސް، އޯގާތެރިކަން އިސްކުރެވެން އޮތް ޙާލަތުތަކުގައި، އޯގާތެރިކަން އިސްކުރުމަކުން، ޤާނޫނީ ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.

މި އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދައުވާ އުފުލޭނެކަން މި އެއްބަސްވުމުގައި ބަޔާންކޮށްފައި ވާނެކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ރ. ދުވާފަރުޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު