Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާނުގެ ޙައްޖާޖީން

ބަދަލުވަމުންދާ ގުޅުންތަކާއެކު، އީރާނުގެ ޙައްޖާޖީންނަށް ތަފާތު އަހަރެއް

ސަޢޫދީއަށް ގޮސް ތިބި އީރާނުގެ ޙައްޖާޖީންނަށް މިހާރު ލިބެމުން ދަނީ ރަނގަޅު ފެންވަރުގެ ޚިދުމަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ޖޫން 2023 | އާދީއްތަ 04:24
އީރާނުގެ ޙައްޖާޖީން

އީރާނުގެ ޙައްޖާޖީން

މެދުއިރުމަތީގައި އުފެދޭ އެކި ކަހަލަ ހަމަނުޖެހުންތަކުގެ އެކި މަސްދަރުތަކަށް ބަލާއިރު، ކޮންމެ ކަމަކާހެން ގުޅިފައި އޮންނަނީ ސަޢޫދީ ޢަރަބިއްޔާއާ އީރާނާ ދެމެދު އޮންނަ ޒަމާންވީ ހަތުރުވެރިކަމާއެވެ. ނަމަވެސް، މި ހިނގާ 2023 ވަނަ އަހަރަކީ، އެ ދެ ގައުމުގެ ރުޅިވެރިކަމަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް އަންނަމުންދާ އަހަރެކެވެ. އެކަމުގެ އަސަރު، ކުރިއަށް އޮތް ޙައްޖުގެ އަޅުކަމަށް ސަޢޫދީއަށް ދާ އީރާނުގެ ރައްޔިތުންގެ ކިބައިން ވަނީ ފެންނަންފަށާފައެވެ.

ޙައްޖުގެ އަޅުކަމަށް ސަޢޫދީއަށް ގޮސް ތިބި އީރާނުގެ ޙައްޖުވެރިންނަށް މިހާރު ލިބެމުން ދަނީ ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެކެވެ. ޙަރަމްފުޅަށް ދަތުރުކުރަނީ މުޅިން އާ ބަހެއްގައެވެ. އީރާނުގެ 2800އެއްހާ ޙައްޖުވެރިންގެ އިސް ވެރިއެއްގެ ގޮތުގައި ހުރި ސަޢީދު މަހުދީ ފާހަގަކުރިގޮތުގައި، އީރާނުގެ ޙައްޖުވެރިންނަށް ހޮޓާ ހޯދައިދިނުންފަދަ ކަންކަމުގައި މިއަހަރު ސަޢޫދީން ދަނީ ކުރިއަށްވުރެ ބޮޑަށް އެއްބާރުލުން ދެމުންނެވެ.

ސަރަޙައްދީ ވާދަވެރި ޢަދުއްވުންގެ ގޮތުގައި އޮތް އީރާނާއި ސަޢޫދީއާ ދެމެދު އެކުވެރިކަން ބަދަހިކުރުމުގެ މަސައްކަތުގައި ޢަމަލީ ސިފަ ޖެހެންފެށީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެކަމުގައި މެދުވެރިއެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރަމުން ދިޔައީ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާއިންނެވެ. އެތައް އަހަރަކަށް ދިގުލައި ގޮސްފައިވާ ސަޢޫދީ-އީރާނު ކޯޅުމުގެ ނޭދެވޭ އަސަރު، ސަރަޙައްދީ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ތެރެއިންވެސް ފެންނައިރު، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް އެދޭ އީރާނުގެ ރައްޔިތުންނަށްވެސް ތަކުލީފުތަކާ ކުރިމަތިލާން ޖެހެނީ މަދު ފަހަރަކު ނޫނެވެ.

ޞުލްޙަ ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން އީރާނުން ވަނީ ސަޢޫދީގެ ވެރިރަށް ރިޔާޒުގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވާފައެވެ. ޖޫން 6 ވަނަ ދުވަހު އެމްބަސީ ހުޅުވީ، 7 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.

ޙައްޖުވުމަކީ އިސްލާމް ދީނުގެ 5 ވަނަ ރުކުނެވެ. އިސްލާމީ ޝަރީޢަތުގައި ޙައްޖަކީ، ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ގަސްތުކޮށްގެން، ޚާއްޞަ ވަގުތެއްގައި، މައްކާގައި ހުންނަ ގެފުޅާއި އެހެނިހެން މުޤައްދަސް ތަންތަނަށް ޒިޔާރަތް ކުރުމެވެ. ހައްޖު ފަރުޟު ކުރެއްވުނީ ހިޖުރައިން 9 ވަނަ އަހަރުއެވެ. ޙައްޖު ވާޖިބުވީކަން އަންގައިދޭ އާޔަތް ބާވައިލެއްވީ ހިޖުރައިން 9 ވަނަ އަހަރުއެވެ. އެއީ އާލު ޢިމްރާން ސޫރަތުގެ 97 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނާގައި ވަނީ "... އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ގަސްދުކޮށްގެން ދިއުމީ، (އެބަހީ: ޙައްޖުވުމަކީ) ﷲއަށްޓަކައި މީސްތަކުންގެ މައްޗަށް ވާޖިބެކެވެ..."

1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމާގުޅޭ ކަންކަން ހަމަޖެއްސުމަށް، ސަޢޫދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތައްޔާރުވެފައެވެ. ސަޢޫދީ ކަސްޓަމްސްގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް، މޭޖަރ ޖެނެރަލް ޞާލިޙު އަލް-މުރާބާ ވިދާޅުވިގޮތުގައި، މިއަހަރުގެ ޙައްޖުގެ އަޅުކަމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދޮޅު މިލިއަނަށްވުރެ ގިނަ ޙައްޖާޖީން ވަނީ ސަޢޫދީއަށް ގޮސްފައެވެ.

އީރާންހައްޖު 1444

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު