Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ދެކުނު ކޮރެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ރޯޑްޝޯއެއް ބާއްވައިފި

ރާއްޖޭގެ ކެއުން ރަހަބަލާލައި ލިޔެލާޖެހުންފަދަ އަތްތެރި މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 24 ޖޫން 2023 | ހޮނިހިރު 06:11
އެމްއެމްޕީއާރުސީން ދެކުނު ކޮރެއާގެ ރޯޑްޝޯގައި

އެމްއެމްޕީއާރުސީން ދެކުނު ކޮރެއާގެ ރޯޑްޝޯގައި

ދެކުނު ކޮރެއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ބޭނުމުގައި ރޯޑްޝޯތަކެއް ބާއްވައިފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)ން އެންމެ ފުރަތަމަ ރޯޑް ޝޯ ބާއްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައެވެ. އަދި ހުކުރު ދުވަހު ދެކުނު ކޮރެއާގެ ބުސާންގައިވެސް ވަނީ ރޯޑް ޝޯއެއް ބާއްވާފައެވެ.

ދެކުނު ކޮރެއާގެ އޮޕަރޭޓަރުންނާއި އެޖެންޓުންނާ ގުޅުން އުފައްދައި، ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް، ދެކުނު ކޮރެއާގެ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދިޔަ މި ރޯޑްޝޯ ސީރީޒްގައި އެމްއެމްޕީއާރުސީއާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 11 ކުންފުންޏަކުން ބައިވެރިވިއެވެ. އެހާ ގިނަ ކުންފުނިތަކަކުން މި ރޯޑްޝޯގައި ބައިވެރިވުމަކީ ދެކުނު ކޮރެއާގެ ފަތުރުވެރިންގެ ބޭނުންތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ސޯލްގައި ކުރިއަށްދިޔަ ރޯޑްޝޯގައި ސޯޝަލް މީޑިއާ ކޮންޓެސްޓެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ކޮންޓެސްޓުން ހޮވުނު ނަސީބުވެރި ދެ ފަރާތަށް ވަނީ ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައެވެ. އަދި ބުސާންގައި ކުރިއަށްދިޔަ ރޯޑް ޝޯގައިވެސް ދެ ފަރާތަކަށް ދިވެހިރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. މި ދަތުރުތައް ސްޕޮންސަރ ކޮށްފައިވަނީ ރޮބިންސަން މޯލްޑިވްސްއާއި ރިއު ހޮޓެލްސް އެންޑް ރެޒޯޓްސްއާއި ވެސްޓިން ހޮޓެލްސް އެންޑް ރެޒޯޓްސް އަދި ކޮކޯ މޯލްޑިވްސް އިންނެވެ.

މި ރޯޑް ޝޯތަކުގައި "މޯލްޑިވިއަން ކޯނަރ" އެއްވެސް ވަނީ ހަދާފައެވެ. އެ ކޯނަރަށް ޒިޔާރަތްކުރި ފަރާތްތަކަށް ދިވެހިރާއްޖޭގެ ކެއުން ރަހަބަލާލައި ލިޔެލާޖެހުންފަދަ އަތްތެރި މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އެމްއެމްޕީއާރުސީން ބުނީ ދެކުނު ކޮރެއާގައި މި ރޯޑް ޝޯ ބޭއްވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ އެންމެ މުހިންމު އެއް ސޯސް މާކެޓެއްގެ ގޮތުގައި ދެކުނު ކޮރެއާ ދެމެހެއްޓުމާއި، އެ ގައުމުގެ ޓްރެވަލް އެޖެންޓުންނާއި އިންޑަސްޓްރީގެ ތަފާތު ފަރާތްތަކާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، އައު ގުޅުންތައް އުފެއްދުން ކަމަށެވެ.

ދެކުނު ކޮރެއާއަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. އެގޮތުން ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު، ދެކުނު ކޮރެއާއަކީ ރާއްޖެއަށް 11 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 35،948 ފަތުރުވެރިން އައިއިރު އެއީ މިދިޔަ އަހަރު ނުވަވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން 16،718 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އެމްއެމްޕީއާރްސީދެކުނު ކޮރެއާ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު