Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދެކުނު ކޮރެޔާ

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ގެ މައްޗަށް ދައުވާ އުފުލައިފި

ދައުލަތުގެ ޕްރޮސެކިއުޓަރުން މިހާރު ވެސް ވަނީ ޔޫން ގެ މައްޗަށް އެހެނިހެން ޖިނާއީ ދަޢުވާތައް ކޮށްފައެވެ. މީގެ ތެރޭގައި ބަޣާވާތް ކުރުމަށް ރޭވުން ހިމެނެއެވެ. މި ކުށުގެ އަދަބަކީ މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށް ލުމެވެ.

ރާއްޖެ އެމްވީ | 19 ޖުލައި 2025 | ހޮނިހިރު 17:44
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް-ޔިއޯލް

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް-ޔިއޯލް

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔިއޯލް ގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކަށް ޕްރޮސެކިއުޓަރުން ތަޙުޤީޤު ފުޅާކުރަމުން ދާއިރު، މިދިޔަ އަހަރު އޭނާ މާޝަލް ލޯ އިއުލާނު ކުރެއްވި މައްސަލައިގައި ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ހޮނިހިރު ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ، ބާރުގެ ނަހަމަ ބޭނުން ކުރުމާއި ޚާއްޞަ ރަސްމީ ވާޖިބުތަކަށް ހުރަސް އެޅުން ފަދަ ތުހުމަތު ތަކަށް ޔޫން ގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ، ޔޫން މާޝަލް ލޯ އިޢުލާން ކުރެއްވީ އެކަން ކުރުމަށް ބޭނުންވާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށެވެ. މީގެ ތެރޭގައި ކެބިނެޓް މެންބަރުންނާ އެކު ބައްދަލުވުމެއް ބޭއްވުން ހިމެނެއެވެ.

އޭނާއާ ދެކޮޅަށް މިހާރު ވެސް ވަނީ "ދޮގު ލިޔުމެއް އުފައްދާ އެ ލިޔުން ނައްތާލުމުގެ" ކުށުގެ ދައުވާ އުފުލިފައެވެ. އެ ލިޔުމުގައި ބަޔާން ކޮށްފައި ވަނީ ބޮޑުވަޒީރާއި ދިފާޢީ ވަޒީރު މާޝަލް ލޯއަށް ތާއީދު ކުރާ ކަމަށެވެ.

ޔޫން ގެންދަވަނީ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅު ވަމުން ނެވެ.

އޭނާ ވަނީ ޑިސެމްބަރު މަހު މަދަނީ ވެރިކަން ނައްތާލަން މަސައްކަތް ކުރައްވާ، މާޝަލް ލޯ އިޢުލާން ކުރުމާ ދެކޮޅަށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓުލުން ހުއްޓުވުމަށް ޕާލިމަންޓަށް ސިފައިން ފޮނުވައި، ދެކުނު ކޮރެއާ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ވައްޓާލާފައެވެ.

ޔޫން އަކީ އެ ޤައުމުގައި މަޤާމުގައި ހުންނަވަނި ކޮށް ހައްޔަރު ކުރެވުނު ފުރަތަމަ ރައީސެވެ. އޭނާ ހައްޔަރު ކުރެވުނީ ޖެނުއަރީ މަހު، ހަފްތާތަކެއް ވަންދެން ހައްޔަރު ކުރުމަށް ދެކޮޅު ހައްދަވާ، އަދި ރައީސް ގެ ސެކިއުރިޓީ ބޭނުންކޮށްގެން ތަޙުޤީޤުކުރާ ފަރާތްތަކަށް ހުރަސް އަޅުއްވަމުން ގެންދަވަނި ކޮށްނެވެ.

ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ދަޢުވާތަކުގެ ޝަރީޢަތް ކުރިއަށް ދަނިކޮށް، އޭނާ ވަނީ މާރިޗު މަހު އިޖުރާއީ ސަބަބުތަކަށް ޓަކައި ދޫކޮށް ލެވިފައެވެ.

މިދިޔަ ހަފްތާގައި، އޭނާ އަނެއްކާ ވެސް ހައްޔަރު ކުރީ މައްސަލައިގެ ހެކި ނައްތާލުމުގެ ކަންބޮޑުވުން އޮތް ކަމަށް ބުނެ ނެރުނު ވޮރަންޓެއްގެ ދަށުންނެވެ.

ޔޫން ވަނީ ހުކުރު ދުވަހު ކޯޓަށް ހާޒިރުވެ، އޭނާ ހައްޔަރު ކުރަން ނެރެފައިވާ އަމުރު ބާޠިލު ކުރުމަށް އެދި ވާހަކަ ދައްކާފައެވެ.

ކުރީގެ ރައީސްގެ ޤާނޫނީ ޓީމުން ނޫސްވެރިންނަށް ބުނި ގޮތުގައި ޔޫން ވަނީ 30 މިނެޓަށް ވުރެ ގިނަ ވަގުތު އޭނާގެ ދިފާޢުގައި ވާހަކަ ދައްކަވާފައި ކަމަށާއި، އޭނާގެ "ޖިސްމާނީ ޙަރަކާތްތެރިކަން ހަނިވެފައިވާ ކަމަށާއި އޭނާ ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް" ފާހަގަ ކުރައްވާފައި ކަމަށެވެ.

ކޯޓުން ވަނީ އެ އެދުން ބަލައިނުގަނެ ދޫކޮށްލާފައެވެ.

ދައުލަތުގެ ޕްރޮސެކިއުޓަރުން މިހާރު ވެސް ވަނީ ޔޫންގެ މައްޗަށް އެހެނިހެން ޖިނާއީ ދަޢުވާތައް ކޮށްފައެވެ. މީގެ ތެރޭގައި ބަޣާވާތް ކުރުމަށް ރޭވުން ހިމެނެއެވެ. މި ކުށުގެ އަދަބަކީ މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށް ލުމެވެ.

އަނެއް ކޮޅުން، ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އާއި އެ ޤައުމުގެ އެހެނިހެން ސަރަޙައްދުތަކުގައި ވަނީ މިހާރުގެ ރައީސް ލީ ޖޭ-މިޔުންގް ގެ ސިޔާސަތުތަކާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކޮށްފައެވެ.

ލީ ވަނީ ޔޫން މަޤާމުން ވަކި ކުރުމަށް ފަހު ޖޫން މަހު ބޭއްވުނު ކުއްލި އިންތިޚާބުގައި ކާމިޔާބު ހޯއްދަވާފައެވެ.

ދެކުނު ކޮރެއާގެ ގިނަ ރައްޔިތުން ރުޅި އައިސްފައި ވަނީ އައު ސަރުކާރުގެ އިޞްލާޙީ ޕްލޭން ތަކުގައި އެމީހުންގެ ކަންބޮޑުވުން ތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ދީފައިވާ ކަމަށް ޤަބޫލު ނުކުރެވޭތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު