Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

ޗުއްޓީއަށް ފުރުމުގެ ކުރިން ގެއާއި ގެންގުޅޭ ސާމާނަށް ސަމާލު ވުމަށް ފުލުހުން އިލްތިމާސްކޮށްފި

23 ޖޫން 2023 | ހުކުރު 17:20

ސައިކަލު ތަޅުލާފައި ބެހެއްޓުން މުހިންމު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖޫން 2023 | ހުކުރު 17:20
އީދު ޗުއްޓީއަށް ރަށަކުން މީހުން ފުރަނީ

އީދު ޗުއްޓީއަށް ރަށަކުން މީހުން ފުރަނީ

ޢީދު ބަންދާއި ސްކޫލް ބަންދުގައި ރަށުން ބޭރަށް ފުރާ ފަރާތްތަކުން ގެއާއި ގެންގުޅޭ އަގުބޮޑެތި މުދަލަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ބުނީ ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯ ޔަގީންކޮށްލަންވާނެ ކަމަށެވެ. އެގޮތުން، ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަގީންކޮށް، ގޭ ދޮރުމަތީގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ ފައިވާން ހަރުގައި ހުންނަ ބޫޓު ތެރެއަށް ލާފައި ތަޅުދަނޑި ނުބޭއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި، ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ޒިންމާދާރު ކޮންމެވެސް މީހަކާ ގެ ހަވާލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

ގޭގައި ހުންނަ އަގުބޮޑެތި މުދާ ރައްކާތެރިކުރުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ ލެޕްޓޮޕް، އައިޕެޑް، ޓެބްލެޓް، ގަހަނާ އަދި އެހެނިހެން ތަކެތި، ތަޅުލެވޭ ތަނެއްގައި ރައްކާކުރުމަކީވެސް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ގޭގައި ފައިސާ ނުބެހެއްޓުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ޗުއްޓީއަށް ފުރަންދިއުމަށް ގެއިން ނުކުތުމުގެ ކުރިން، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުުގެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ ގޭސް ލީކުވާގޮތަށް ހުރިނަމަ އެކަން ރަނގަޅުކޮށް ނުވަތަ ގޭސްފުޅި ރެގިއުލޭޓަރ ނައްޓާލުން މުހިންމު ކަމަށެވެ. އަދި ގޭތެރޭގެ ކަރަންޓުގެ ހާލަތު ރަނގަޅުތޯ ކަށަވަރުކުރުމާއެކު ކަރަންޓު ޝޯޓޭޖެއް އައިސްގެން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަސް އަލިފާނުގެ ހަދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ގޭތެރޭގެ ކަންކަން ހަމަޖެއްސުމަށާއި ބޭނުން ނުކުރާ ހުރިހާ ތަނެއް ކަރަންޓު ސުވިޗް އޮފްކޮށް ފެން ލީކުނުވާނޭހެން އިސްކުރުތައް ރަނގަޅަށް ބަންދުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ގެއަށް ލިބިދާނެ ގެއްލުމުގެ އިތުރުން ތިމާ ދުއްވާ ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ޗުއްޓީއަށް ފުރުމުގެ ކުރިން ކަށަވަރުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކުރުމަށާއި ހުންގާނު އަދި ޝަޓަރ ލޮކްކޮށް، އިތުބާރުކުރެވޭ ޒިންމާދާރު މީހަކާ ތަޅުދަނޑި ހަވާލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޗުއްޓީ ދުވަސްވަރަކީ ދަތުރު ދިއުމާއި މޫދަށް އެރުންވެސް އިތުރުވާނެ ދުވަސްވަރަކަށްވާތީ ދަތުރު ދިއުމާއި މޫދަށްއެރި އުޅުމުގައި ތިމާއާއި އަނެއްކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމުގެ ގޮތުން އޮއެވަރަށާއި ދިޔަވަރަށް ވިސްނައި، މޫދަށް އެރުމުގެކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ހާއްސަކޮށް، މޫދަށްއެރި އުޅުމުގައި ކުޑަކުދިންގެ ކޮންމެ ހަރަކާތެއް ވީހާވެސް ގާތުން ބަލައި އެކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދުމަށް ކުރަަމުންދާ ކަންކަމުން ރައްކާތެރިވުމަށް އިލްތިމާސްކޮށް، ފުލުހުން ވަނީ އެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި ހަދިޔާ ލިބިގެންކަމަށްބުނެ ގުޅާ މީހުންނަށް ޖަވާބުދާރީ ނުވުމަށް އެދިފައެވެ، އަދި ކޭޝްކާޑުގެ މައުލޫމާތާއި އޯޓީޕީ ކޯޑު ފަދަ މުހިންމު މައުލޫމާތު ހިއްސާނުކުރުމަށާއި ގޮތް ނޭނގޭ މީހުން ފޮނުވާ ލިންކުތަކަށް ނުވަނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް