Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

މުއްދަތު ހަމަވިއިރު 551 ޝަކުވާ، ފަސް ދުވަހުގެ ތެރޭގައި ޖަވާބު ދޭނެ

ރީ-ރަޖިސްޓްރޭޝަން އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖޫން 2023 | ހުކުރު 10:19
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކުރިއަށްދަނީ

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކުރިއަށްދަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 551 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އާއްމު ކުރައްވާފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ވޯޓާސް ލިސްޓާ ގުޅޭގޮތުން ހުށަހަޅާފައިވަނީ ޖުމްލަ 551 ޝަކުވާއެވެ. އޭގެ ތެރޭގައި ގިނައީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހިމަނާފައިވާތީ ހުށަހަޅާފައިވާ ޝަކުވާއެވެ. މި މައްސަލައާ ގުޅުންހުރި 465 ޝަކުވާ އީސީއަށް ވަނީ ހުށަހަޅައިފައެވެ.

ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވެގެން ހުށަހަޅާފައިވާ ޝަކުވާއެވެ. އެގޮތުން، އެޑްރެސް ބަދަލުވެގެން 58 ޝަކުވާއެއް ހުށަހަޅާފައިވާއިރު ލިސްޓުގައި ނަން ނުހިމެނޭތީ 19 ޝަކުވާއަކާއި ނަން ބަދަލުވެގެން ފަސް ޝަކުވާއަކާއި ދާއިރާ ބަދަލުވެގެން ތިން ޝަކުވާއެއް އަދި އައިޑީ ބަދަލުވެގެން ޝަކުވާއެއް ވަނީ ހުށަހަޅައިފައެވެ.

މި މައުލޫމާތުތައް ހިއްސާކުރައްވައި ހަބީބު ވިދާޅުވީ މުއްދަތު ހަމަވިއިރު ލިބިފައިވާ ޝަކުވާތަކަށް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އީސީން ޖަވާބު ދޭނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެ ފަރާތަކަށް ލިބިގެންވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރުމުން، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަނާޅާ ފަރާތަކަށް ދެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ދާއިމީ ލިސްޓުގައި ނަން ނެތް މީހަކަށް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ނުލިބޭނެކަން ވެސް ހަބީބު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާއިރު އެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަން އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެއެވެ. މި ފުރުސަތު އޮގަސްޓް 5 އަކާ ހަމައަށް ލިބިގެންދާނެއެވެ.

9 ސެޕްޓެމްބަރު 2023ށް 18 އަހަރު ފުރޭ 282،672 މީހުންގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ. 

އިލެކްޝަންސް ކޮމިޝަން2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު