Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޯޓާސް ލިސްޓް

ވޯޓާސް ލިސްޓަށް މިހާތަނަށް 185 ޝަކުވާ ހުށަހަޅައިފި

އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހިމެނިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖޫން 2023 | ބުރާސްފަތި 02:26
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 185 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ކޮމިޝަނުން ޖޫން 21 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހިމެނިގެންނެވެ. އޭގެ 148 ޝަކުވާ ހުށަހަޅާފައިވެއެވެ. އެއަށްފަހު ދެން އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވެގެންނެވެ. އެޑްރެސް ބަދަލުވެގެން 21 ޝަކުވާއެއް ހުށަހަޅާފައިވެއެވެ.

ލިސްޓުގައި ނަން ނެތިގެން 10 ޝަކުވާ ހުށަހަޅާފައިވާއިރު ދާއިރާ ބަދަލުވެގެން 3 ޝަކުވާ އަދި ނަން ބަދަލުވެގެން 2 ޝަކުވާ އަދި އައިޑީ ކާޑު ބަދަލުވެގެން އެއް ޝަކުވާ ހުށަހަޅާފައިވެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވަނީ ދުވަހުން ދުވަހަށް ޝަކުވާތަކަށް އެޓެންޑްކުރަމުންދާކަމަށެވެ. ދުވަހުން ދުވަހަށް ޝަކުވާތަކަށް އެޓެންޑްވަމުންދަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު ފައިނަލް ލިސްޓް ވީހާވެސް އަވަހަށް އެކުލަވާލުމަށްކަމަށް ފުއާދު ވިދާޅުވިއެވެ. ފައިނަލް ލިސްޓް އާންމުކުރުމާއެކު ދެން ލިސްޓަށް ބަދަލުނުގެނެވޭނެކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ މިމުއްދަތުގެ ތެރޭގައި ލިސްޓުގައި އެމީހެއްގެ ނަން އޮތްތޯ ޗެކްކޮށް ޝަކުވާ ހުށަހެޅުން ވަރަށް މުހިންމު ކަމަށެވެ.

އީސީން ވަނީ މެއި މަހުގެ ތެރޭގައި ވެސް ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ. ފުއާދު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ވެސް ޝަކުވާ ލިބިފައިވާކަމަށެވެ. އެގޮތުން ނިޔާވެފައިވާ 93 މީހެއްގެ ނަން ލިސްޓުގައި އޮވެގެންނާއި، އެޑްރެސް ބަދަލުވެގެން 88 ޝަކުވާ އާއި 18 އަހަރު ނުވާ 3 ޝަކުވާގެ އިތުރުން ނަން ބަދަލުވުމުގެ ޝަކުވާއެއް ހުށަހެޅުނުކަމަށެވެ.

2023 ސެޕްޓެމްބަރު 9ށް 18 އަހަރު ފުރޭ 282672 މީހުންގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢުކޮށްފައެވެ. ލިސްޓުގައި ނަން އޮތްތޯ 1414 އަށް ގުޅައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުވައިގެން ވެސް ޗެކް ކުރެވޭނެއެވެ. މި ލިސްޓު އީސީގެ ވެބްސައިޓުންނާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިން ވެސް ބެލޭނެއެވެ.

އިލެކްޝަންސް ކޮމިޝަން2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު