Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބިދޭސީންގެ މައްސަލަ

ބިދޭސީންގެ މައްސަލަ ހައްލުވެދާނެކަމުގެ އުންމީދެއް

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ޖޫން 2023 | ބުދަ 08:39
ބިދޭސީން ފެންނަ ފޮޓޯއެއް

ބިދޭސީން ފެންނަ ފޮޓޯއެއް

އަވައްޓެރި އިންޑިއާ, ލަންކާ އަދި ބަންގްލަދޭޝްފަދަ ގައުމުތަކުގެ މީހުން އެކި މަސައްކަތްތަކުގައި އަބަދުވެސް ރާއްޖެއަށް އާދެއެވެ. އެންމެ ކުރިން ފެށިގެންވެސް މިގޮތަށް އެތައް ބަޔަކު އާދެއެވެ. މިއީ ދިވެހިންނަށް ގިނަ ގޮތްގޮތުން ފައިދާކުރި އަދި ފައިދާ ކުރަމުންދާ ކަމެއް ނަމަވެސް މިއަދު މިގޮތަށް އެކި މަސައްކަތްތަކުގައި އައިސް އުޅޭ ބިދޭސީން އިންތިހާއަށް ވަނީ އިތުރުވެފައެވެ. މި ކުޑަ ކުޑަ ރާއްޖެއަށް އެކަށީގެންވާ ވަރަށްވުރެ ބިދޭސީންގެ އަދަދު އިތުރުވެއްޖެއެވެ. ހަމައެކަނި މާލެއަށް ބަލާލިޔަސް އެކަށީގެން ނުވާ އަދަދަކަށް ބިދޭސީން އުޅެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވުމުގެ ސަބަބުން ނުރަނގަޅު އެތައް ކަމެއްވެސް ދަނީ ފެންމަތިވަމުންނެވެ. މިހާރު ރާއްޖޭގެ ކުށުގެ ވެއްޓަށް ބަލާލިޔަސް ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ތެރޭގައި ބިދޭސީން ނުހިމެނޭ ފަހަރެއް މަދެވެ. މިފަދަ މައްސަލައެއްގައި ބަލާލާއިރު ގިނަފަހަރަށް އެމީހެއްގެ އަތުގައި ރަނގަޅު ވޯކް ޕަރމިޓެއްވެސް ނޯވެއެވެ. އެހެން ނަމަވެސް ރާއްޖެ އައިސް އުޅޭކަމަށްވަނީ ކޮންމެވެސް މަސައްކަތެއްގައެވެ.

މިިކަމުން ހާމަވާ އެއް ކަމަކީ ބިދޭސީންގެ ކަންކަން ރަނގަޅަށް މޮނިޓަރކޮށް ރެގިއުލޭޓް ކުރެވިފައި ނެތް މިންވަރެވެ. މީގެ ސަބަބުން އޮތް ނުރައްކާތައް އިންތިހާއަށް ބޮޑުއިރު އަދި އާންމުންގެ ކަންބޮޑުވުންވެސް މިކަމުގައި އޮތްއިރު ބިދޭސީންގެ ކަންކަން ރަނގަޅަށް މޮނިޓަރ ކުރެވެންފެށީ އެހަކަށްދުވަހަކުއޭ ބުންޏަސް ދޮގަކަށް ނުވެދާނެއެވެ. މީގެ ކުރިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އަމަލީ ގޮތެއްގައި ނުފެށި އޮތީ އެމީހުން ބައިތިއްބާނެ އެކަށީގެންވާ ޑިޓެންޝަން ސެންޓަރެއް ނެތުމުންނެވެ. އެހެންނަމަވެސް މިހާރު ޑިޓެންޝަން ސެންޓަރެއް މިވަނީ ގާއިމްކޮށްފައެވެ.

މި ޑިޓެންޘަން ސެންޓަރު ބޭނުންކުރަން ފެށުމާއެކު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން އަލަށް ހުޅުވި މި ޑިޓެންޝަން ސެންޓަރަކީ 200 މީހުންގެ ޖާގައިގެ ޑިޓެންޝަން ސެންޓަރެކެވެ. މީގެ ކުރިން ހުރި ޑިޓެންޝަން ސެންޓަރުގައި އެއްފަހަރާ ބޭތިއްބުނީ 40 މީހުންނެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މަގުމަތީގައި ހަރަކާތްތެރިވަމުންނެވެ. އެމީހުންގެ އަތުގައި ވޯކް ޕަރމިޓް އޮތްތޯ ބަލައި އެއީ ސައްހަ ޕަރމިޓެއްތޯ ބަލާނެއެވެ, އަދި ގަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަވާ މީހުން އަނބުރާ ގޮނުވާލުމުގެ މަސައްކަތް ފަށާނެއެވެ. މިއާއެކު ބިދޭސީންގެ މައްސަލައަށް އެދެވޭ ހައްލެއް އަންނާނެކަމީ ކުރެވޭ އުންމީދެކެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!
07 ޖުލައި 2017

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ
09 ޖޫން 2017

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!
08 ޖޫން 2017

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު