Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެނެގާލް ޤައުމީ ޓީމު

އެކުވެރި ކަމުގެ މެޗުގައި ސެނެގާލް އިން ބްރެޒިލް ބަލިކޮށްފި

21 ޖޫން 2023 | ބުދަ 02:59

ސެނެގާލް އިން ބްރެޒިލް ބަލި ކުރީ 4-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2023 | ބުދަ 02:59
ސެނެގާލް އާއި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން

ސެނެގާލް އާއި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި ސެނެގާލް އިން ބްރެޒިލް ބަލިކޮށްފި އެވެ.

ސެނެގާލާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބްރެޒިލް އެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ބްރެޒިލަށް ލީޑު ނަަގައިދިނީ ލޫކަސް ޕަކޭޓޭ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެނެގާލް އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. 22 ވަނަ މިނެޓުގައި ސެނެގާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހަބީބް ޑިއާލޯ އެވެ. ދެ ވަނަ ހާފު ފަށައިގެން ސެނެގާލަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ސެނެގާލްގެ ލީޑު ފުޅާކޮށްދިނީ ސަޑިއޯ މާނޭ އެވެ. އެއީ ފުރަތަމަ ލަނޑު ޖަހައިދިން ޑިއާލޯގެ އެހީތެރިކަމާއެކު މާނޭ ޖެހި ލަނޑެކެވެ. މާނޭ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން މާކީނިއޯސް ވަނީ ލަނޑެއް ޖަހައި ބްރެޒިލަށް ފަރަގު ކުޑަކޮށްދީފަ އެވެ. ސެނެގާލަށް މެޗުން ފުރިހަމަ މޮޅެއް ހޯދައިދިނީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން މާނޭ އެވެ.

މިއީ ފީފާ ވޯލްޑް ކަޕްގެ ފަހުން ބްރެޒިލް އިން ކުޅުނު ތިން ވަނަ މެޗެވެ. ތިން މެޗުގެ ތެރެއިން ބްރެޒިލް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. މިހާތަނަށް ބްރެޒިލުން ކުޅެމުން އަންނަނީ ހެޑު ކޯޗެއް ނެތި އެވެ. ވޯލްޑް ކަޕަށް ފަހު ޓީޓޭ ޓީމު ދޫކޮށްލިއިރު، އައު ކޯޗެއް ހޯދުމުގެ މަސައްކަތް އެ ޤައުމުން އަންނަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް