Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސީހުގެ އިތުބާރުގެ މައްސަލަ

ވޯޓަށް ހުރަސް އެޅުމުގެ ގޮތުން މަސައްކަތް ކުރަނީ މެމްބަރުން ހައްޔަރުކުރަން: ފާރިސް

12 ޖުލައި 2017 | ބުދަ 17:19

އިތުބާރު ނެތްކަމުގެ ވޯޓް ނަގަނީ ދައުލަތް ހިންގުމަށް ދަތިކުރާކަށް ނޫން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 12 ޖުލައި 2017 | ބުދަ 17:19
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހުރަސް އެޅުމުގެ ގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކުރަން މަސައްކަތް ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު އެޖެންޑާ ކޮށްފައިވާ މަޖިލީސް ރައީސްގެ ވޯޓަށް ބައެއް މެމްބަރުންނަށް ހާޒިރުނުވެވޭނެ ގޮތް މެދުވެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް ބައެއް މަޖިލީސް މެމްބަރުން ހައްޔަރުކޮށް، ބައެއް މެމްބަރުންނަން ހުކުމް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފާރިސް ވިދާޅުވިއެވެ.

" މަޖިލީހަށް ހާޒިރުނުވެވޭނެ ގޮތެއް ހަދަން އެބަ މަސައްކަތް ކުރޭ، ބައެއް މެމްބަރުން ހައްޔަރުކޮށް ، ނުވަތަ ހުކުމް ކޮށްގެން ، ސްޕްރީމް ކޯޓުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ހީކުރަން، ހުރިހާ މުއައްސަސާއަކަށް ވެސް އިނގޭނެ މި ވަގުތު ގައުމުގެ ހާލަތު " ޕީޕީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ފާރިސް މައުމޫން ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން މަސައްކަތްކުރަނީ ދައުލަތުގެ ހިންގުމަށް ނުވަތަ މުއައްސަސާތަކަށް ދަތިކުރުމަށް ނޫން ކަމަށެވެ. މިއަދު މުއައްސަސާތަކުގައި ތިއްބެވި ވެރިންނަން ގައުމުގެ ހާލަތު އެނގިލައްވާނެ ކަމަށާއި، އެކަން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާއިން ފެނިގެން ހިގަންޖެކަމަށް ފާރިސް ވިދާޅުވިއެވެ.

އެހެންކަމުން ބައެއް މުއައްސަސާތަކުން މި މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ބާރުތަށް ނަހަމަ ގޮތުގައި ބޭނުންކޮށްގެން މެމްބަރުންނަން ދަތިކުރަމުންދާ ކަމަށް ފާރިސް ވިދާޅުވިއެވެ.

"ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުން އެކަން ސާފްވޭ، ރައްޔިތުން ވެސް ގަބޫލުކުރޭ މި މަސައްކަތަކީ އިސްލާހީ މަސައްކަތެއް ކަން، މިއީ ސިޔާސީ ވިސްނުން އެއްކިބާކޮށްފައި ކުރާ ގައުމީ މަސައްކަތެއް، އަޅުގަނޑު އުއްމީދު ކުރަން އެއްވެސް މުއައްސަސާއަކުން މި މަސައްކަތަށް ހުރަސް އެޅޭގޮތަށް ގާނޫނުން ބޭރުން މަސައްކަތް ނުކުރާނެ ކަމަށް" ފާރިސް ވިދާޅުވިއެވެ.

މީގެ ކުރިން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅުމުން ކަންތައް ކުރީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް