Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ އަހަރީ ޖަލްސާ

އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ނަސޭހަތްތެރިވަން: މާރިޔާ

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމެހެއްޓޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ޖޫން 2023 | އަންގާރަ 17:07
ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު

ސިފައިންނަކީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން ޤާނޫނުން މަނާ ކުރެވިފައިވާ ބައެއްކަން ހަނދާންކޮށް ދިނުމާއެކު،  އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ހުރިހާ ސިފައިންނަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ނަސޭހަތްތެރިވެވަޑައިގަންނަވައިފިއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރުކަމަށާއި އިންތިޚާބުގެ އަހަރަކީ އަބަދުވެސް ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، ސިފައިންވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތްކުރާ ދުވަސްވަރެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެކަމަނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއަށް ބޭނުންވާ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމެހެއްޓޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވެ.

Advertisement - newsAdvertisement

މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި، އޭރަކު ހުންނަ ވެރިއަކު ހިތްހަމަނުޖެހޭ އިރަށް، ޑިއު ޕްރޮސެސް އެއް ނެތި، ސިފައިން ވަޒީފާއިން ވަކިކޮށް އަދަބުތައް ދީ ހެދުމަކީ، އެމީހެއްގެ އަމިއްލަ ފުރާނައަށްވުރެ ޤައުމުގެ ސަލާމަތް އިސްކޮށް، ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބޭ ބަޔަކާމެދު ވެވޭ ބޮޑު ބޭއިންސާފެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޑިމޮކްރެސީގެ މިދަތުރު ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމުގައިވެސް، އަދި ފަހަތަށް ސޮއްސާލުމުގައިވެސް، އަސްކަރިއްޔާގެ ދައުރެއް އޮންނަކަން ދިވެހިންނަށް ތަޖުރިބާ ކުރެވިއްޖެކަމަށެވެ. ޤައުމީ ދިފާޢީ ބާރަކީ ވަރަށްވެސް ވަރުގަދަ ކޯރ ވެލިއުސްތަކެއްގެ މައްޗަށް އެތުރި ތަރުތީބްވާންޖެހޭ ދައުލަތުގެ މުހިންމު ގުނަވަނަކަށް ވާއިރު، މި ވެލިއުސްތައް ކޮންމެހެން ހިފަހައްޓަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިޔާސީ ބޭނުންތައް ފުއްދުމަށް އަސްކަރިއްޔާ ހިތުހުރި ގޮތަކަށް ބޭނުންކުރަމުން ދިއުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، އަސްކަރިއްޔާގެ ކޯރ ވެލިއުސް ވަނީ ބޮޑުތަނުން ކޮމްޕްރޮމައިޒް ވެފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިފައިންގެ ޕްރޮފެޝަނަލިޒަމް އޮތީ އެންމެންވެސް ފުންކޮށް ވިސްނާލަންޖެހޭ ފަދަ ޙާލަތެއްގައިކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކަލަށްޓަކައި އުފައްދާ ދަމަހައްޓާ އަސްކަރިއްޔާ ބޭނުންކޮށްގެން، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ ރައްޔިތުންގެ މައްޗަށް ވެރިވެ ނުގަންނާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮންނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދިފާޢީ ދާއިރާއަށް ޚާއްސަ ސަމާލުކަމެއްދެއްވާ، ސފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބަޔަކަށް ހެއްދެވުމަށް އިސްކަމެއްދެއްވާކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު