Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިންގ

ސަކާގެ ހެޓްރިކާއެކު އިންގްލެންޑުން ނޯތު މެސަޑޯނިއާ ބަލިކޮށްފި

އިންގްލެންޑު އޮތީ ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާއެކު، ގުރޫޕު ސީގެ އެއްވަނާގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 20 ޖޫން 2023 | އަންގާރަ 10:37
އިންގްލެންޑުގެ ބުކަޔޯ ސަކާ

އިންގްލެންޑުގެ ބުކަޔޯ ސަކާ

ބުކަޔޯ ސަކާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކާއެކު ޔޫރޯ ކޮލިފައިންގގައި ނޯތު މެސެޑޯނިއާ ބަލިކޮށް، އިންގްލެންޑުން ހަތަރު މެޗުން މޮޅުވެއްޖެއެވެ.

އަންނަ އަހަރުގެ ހޫނު މޫސުމުގައި ޖަރުމަނުގައި ބާއްވާ މުބާރާތަށް ކޮލިފައިވުމުގެ މަގުމަތީގައި ގެރެތު ސައުތުގޭޓްގެ ޓީމު އޮތްއިރު، ނޯތު މެސެޑޯނިއާއިން މަދު ހަމަލާތަކެއް ފޮނުވާލިނަމަވެސް، އިންގްލެންޑުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ޖަހާފައެވެ.

އިންގްލެންޑުގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ޖަހައިދިނީ ހެރީ ކޭންއެވެ. އޭގެ ނުވަ މިނެޓު ފަހުން ސަކާ ވަނީ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މާކަސް ރަޝްފޯޑް ޖަހައިދިން ލަނޑާއެކު އިންގްލެންޑުން ފުރަތަަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ސަކާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އިންގްލެންޑުގެ ހަވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކެލްވިން ފިލިޕްސްއެވެ. އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކޭން ވަނީ އޭނާގެ ދެވަނަ އަދި އިންގްލެންޑުގެ ހަތްވަނަ ލަނޑު ޖަހާފައެވެ.

އިންގްލެންޑު އޮތީ ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާއެކު ގުރޫޕު ސީގެ އެއްވަނާގައެވެ. މެޗުން ބަލިވި ނޯތު މެސަޑޯނިއާ އޮތީ ތިން ޕޮއިންޓާއެކު ހަތަރުވަނާގައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2018

ޕްރިމިއާ ލީގު: އަގުއޭރޯގެ ހެޓްރިކާއެކު ސިޓީއަށް ހިތްހަމަޖެހުން

21 ޖެނުއަރީ 2018
ޕްރިމިއާ ލީގު: އަގުއޭރޯގެ ހެޓްރިކާއެކު ސިޓީއަށް ހިތްހަމަޖެހުން
07 ޑިސެމްބަރު 2017

ޗެމްޕިއަންސް ލީގު: ކުޓީނިއޯގެ ހެޓްރިކާއެކު ލިވަޕޫލް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް

07 ޑިސެމްބަރު 2017
ޗެމްޕިއަންސް ލީގު: ކުޓީނިއޯގެ ހެޓްރިކާއެކު ލިވަޕޫލް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް
15 ނޮވެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: އެރިކްސަންގެ ހެޓްރިކާއެކު ޑެންމާކް ވޯލްޑްކަޕަށް

15 ނޮވެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: އެރިކްސަންގެ ހެޓްރިކާއެކު ޑެންމާކް ވޯލްޑްކަޕަށް
31 އޮކްޓޯބަރު 2017

ދިވެހި ޕްރިމިއާ ލީގު: އުމެއިރުގެ ހެޓްރިކާއެކު މާޅޮސްގެ މައްޗަށް މާޒިޔާ ކުރިހޯދައިފި

31 އޮކްޓޯބަރު 2017
ދިވެހި ޕްރިމިއާ ލީގު: އުމެއިރުގެ ހެޓްރިކާއެކު މާޅޮސްގެ މައްޗަށް މާޒިޔާ ކުރިހޯދައިފި
16 އޮކްޓޯބަރު 2017

އިކާޑީގެ ހެޓްރިކާއެކު އިންޓަރ އިން މިލާން ޑާރބީ ކާމިޔާބުކޮށްފި

16 އޮކްޓޯބަރު 2017
އިކާޑީގެ ހެޓްރިކާއެކު އިންޓަރ އިން މިލާން ޑާރބީ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު