Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ހިޔާނާތް

އަދީބާއެކު އެއްބަަސްވުން ހެދީ ކުރީގެ ޕީޖީ، ދައުލަތުން އެއްބަސްވުމެއް ވެފައިވާނަމަ އިހުތިރާމް ކުރާނަން: ޝަމީމް

ޕީޖީ އޮފީހަކީ ސަރުކާރުން އަންގާ ކޮންމެ ކަމެއް ކުރަން އޮންނަ މުއައްސަސާއެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ޖޫން 2023 | އަންގާރަ 03:57
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ކުރީގެ ނައިބްރައީސް އަހުމަދު އަދީބާއެކު އިއުތިރާފުގެ އެއްބަަސްވުން ހެއްދެވީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ކަމަށާއި، ދައުލަތުން އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުމަކަށް އިހުތިރާމް ކުރައްވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވެފައި މިވަނީ ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވަން ކޯޓަށް ވަޑައިގެންނެވުމުން، ކުރީގެ ނައިބްރައީސް އަހުމަދު އަދީބަށް އެ މައްސަލައިިގެ ޚަސްމެއްކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިންޒާރު ދެއްވި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން އަންގާރަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އަދީބާއެކު އެއްބަސްވުން ހަދާފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި އައްޔަނު ކުރެއްވި އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ކަމަށާއި، ދައުލަތް ތަމްސީލު ކުރަން ހުރި ފަރާތަކުން ނިންމާފައިވާ ނިންމުމެއް ދެން އަންނަ ފަރާތަކުންވެސް ތަންފީޒު ކުރަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން، މިހާރު އެއްބަސްވުންތައް އެކުލަވާލުމާގުޅޭ ހަމަތަކެއްވެސް އެކުލަވާލެވިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ޔާމީނުގެ ވެރިކަމުގައި ޑެޕިއުޓީ ޕީޖީގެ މަޤާމު ފުރުއްވާފައިވާ ކަމަށާއި، އޭރުވެސް ސަރުކާރުގެ ފަރާތުން ޕީޖީ އޮފީހަކަށް ނުފޫޒެއް ނޯންނަ ކަމަށެވެ.

އަދި އެގޮތަށް ނުފޫޒު ނުވެސް ފޯރުވޭނެކަމަށް ޝަމީމް ވިދާޅުވިއެވެ. އެއީ އެއްވެސް ވެރިކަމެއްގައި ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ނޫންކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ.

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ޔާމީނު ވަނީ އަދީބު ދެކިލައްވާ ގޮތް ބެއްލެވުމަށްކަމަށް ވިދާޅުވެ، ދައުލަތުން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ހެކިބަސް ދީފިނަމަ ގޭބަންދު ނިމުމަކަށް އަންނާނެތޯ ސުވާލު ކުރައްވާފައެވެ.

އަދީބު ވަނީ، އޭނާ ގޭބަންދުގައި ހުރީ ސިއްޙީ ސަބަބުތަކަކަށްޓަކައި ކަމަށް ވިދާޅުވެ، އެއީ ދައުލަތާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ސަބަބުން ލިބުނު ލުޔެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެހިސާބުން ޔާމީނު ވަނީ، ހިތްހަމަޖެހިވަޑައިނުގެން ހުންނަވައި އަދީބަށް ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާކަން ހަނދުމަ ކޮށްދެއްވަމުން ޔާމީނު ވަނީ ޕީޕީއެމްގެ ވެރިކަމެއް އައިސްފިނަމަ، ޕްރޮސެކިއުޓަރ ޖެނެރަލާއެކު އެއްބަސްވުންތައް ހައްދަވައިގެން ގޭގައި ހުންނެވިދާނެހެން ހީއްކުރެއްވޭތޯ ސުވާލު ކުރައްވާފައެވެ. އޭގެ ޖަވާބުގައި އަދީބު ވަނީ ޕީޖީ އޮފީހަކީ މިނިވަން މުއައްސަސާއެއްކަމަށް ވިދާޅުވެފައެވެ.

އެހެން ވިދާޅުވުމުން ޔާމީނު ވަނީ، ޕީޖީ އޮފީހަކީ މިނިވަން މުއައްސަސާއެއް ނަމަވެސް، ޔާމީނުގެ ވެރިކަމުގައި އަދީބަށް އެ ލުއިތައް ލިބިދީފައިނުވާކަން ހަނދުމަ ކޮށްދެއްވާފައެވެ.

ޕީޖީ އޮފީހުގެ ވަކީލުވެސް ވަނީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، ޕީޖީ އޮފީހަކީ މިނިވަން މުސްތަޤިއްލު މުއައްސަސާއެއްކަމަށް ވިދާޅުވެ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ސަރުކާރަކަށް ބަސް ނުބުނެވޭނެކަން ފާހަގަ ކުރައްވާފައެވެ.

ޕީޖީ އޮފީހަކީ ސަރުކާރުން އަންގާ ކޮންމެ ކަމެއް ކުރަން އޮންނަ މުއައްސަސާއެއް ނޫންކަންވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ޔާމީންގެ ސުވާލުތައް އަމާޒުކުރެއްވިގޮތުން ޝަރުޢީކޯޓުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮންނަ ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ދައުލަތުގެ ވަކީލު އިޢުތިރާޟް ކުރައްވައި ވިދާޅުވީ، ތިން ބާރު ވަކި ވެފައިވާ ދައުލަތް ހިންގުމުގެ ނިޒާމަށް ގޮންޖައްސަވައި ސުވާލު އަމާޒު ނުކުރެއްވޭނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު