Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު

ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފި

7 ޖުލައި 2017 | ހުކުރު 13:59

އަނިލް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 7 ޖުލައި 2017 | ހުކުރު 13:59
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ބަންޑާރަ ނައިބް މުހައްމަދު އަނިލާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަމުގެ ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.

އިތުބާރުހުރި މަސްދަރުތަކުން ބުނި ގޮތުގައި ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި، ޗިފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ 10:30 ހާއިރު އެވެ. ނަމަވެސް، އެ ބޭފުޅުން ނުކުމެވަޑައިގެންނެވި ވަގުތެއް މައުލޫމާތު ހިއްސާކުރި ފަރާތަށް ނޭނގެ އެވެ.

Advertisement - newsAdvertisement

އެ ދެ ބޭފުޅުން ވެންނެވި މަންޒަރު ފެނުނު މީހަކު ކިޔައިދިން ގޮތުގައި ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވަދެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓުގެ މައި ދޮރާށިންނެވެ. ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ވަދެވަޑައިގެންފައިވަނީ މާރުކޭޓާއި ދިމާލަށް ހުންނަ ހައި ކޯޓުން ބޭނުންކުރާ ދޮރާޓަކުންނެވެ

ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ސަބަބެއް ސާފުކުރުމަށް، އޭނާއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މި ހަބަރާއި ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން އޭނާ ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަމުގެ މައުލޫމާތެއް އޭނާއަށް ލިބިފައިނުވާކަމަށެވެ.

"ސީ.ޑީ.އެފް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަށް އެނގިފައިނެތްކަން ދަންނަވަން." އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ ވަގުތު ހުރި ޕާޓީން ވަކިވިޔަސް ނުވަތަ ޕާޓީގެ ވިޕްލައިނާ ޚިލާފު ވިޔަސް މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ދިއުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި

13 އެޕްރީލު 2017
ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި
10 އެޕްރީލު 2017

މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި

10 އެޕްރީލު 2017
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި
28 މާރިޗު 2017

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް
27 މާރިޗު 2017

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި

27 މާރިޗު 2017
ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި
20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް