Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމިން ރަޝީދު

ޔާމިންގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ހުޅުވާލައިގެން ބާއްވަނީ

12 ޖުލައި 2017 | ބުދަ 12:38

ސިވިލް ކޯޓުގެ ޝަރީއަތް ސިއްރުކުރަން ދައުލަތުން ބޭނުންވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 12 ޖުލައި 2017 | ބުދަ 12:38
ޔާމިން ރަޝީދު

ޔާމިން ރަޝީދު

ލާއިންސާނީ ހަމަލާތަކެއްދީ މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރާލުމުގެ ކުރިން އޭނާއަށް ދީފައިވާ މަރުގެ އިންޒާރުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ބަލާފައި ނުވާ ކަމަށްބުނެ އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޔާމިންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށްބުނެ އެ މައްސަލައިގެ ބަޔާންތައް ސިއްރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުނު ނަމަވެސް އާއިލާއިން އެދެމުންދިޔައީ ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އަދި ބަޔާންތައްވެސް ހާމަކުރުމަށް އެދުނެވެ. އެހެން ކަމުން އަންގާރަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ނިންމީ މައްސަލައިގެ ބަޔާންތައް ސިއްރުނުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ކުރިއަށް ގެންދިއުމަށެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ޔާމިންގެ އާއިލާގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ، ޔާމިން ރަޝީދުގެ އާއިލާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ މީގެ އަހަރުތަކެއް ކުރިންވެސް ޔާމީނަށް އެކި ފަހަރު އިންޒާރުތައް ލިބުމުންވެސް އެކަމަށް ފުލުހުން ފިޔަވަޅު އަޅާފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު އެ މައްސަލައާއި މިހާރު ހިނގަމުންދާ ޔާމީންގެ މަރުގެ ތަހުގީގާއި ގުޅުން ނެތް ކަމަށެވެ.

ޔާމިން ރަޝީދުގެ އާއިލާއިން ކުރަމުންދާ ކަމަކީ ޔާމީނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކަމަށާއި އެކަން ކުރުމަށް ފުލުހުން ކުރިންވެސް ވަނީ އިހުމާލުވެފައިކަން ވަކީލް ފާހަގަކުރެއްވިއެވެ.

ސުއޫދު ވިދާޅުވީ ޔާމީންގެ އާއިލާގެ ފަރާތުން އެދެނީ ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުން ކުރާ ތަހުގީގު ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މިނިވަން ތަހުގީގަކަށް ވެގެން ދިއުން ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދަނީ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ފުލުހުން ބުނެފައި ވީނަމަވެސް އެއީ ކޮން ފަރާތެއްކަން އަދި ކިހިނެއް ހޯދާ އެހީއެއްކަންވެސް ނުބުނާކަން ސުއޫދު ފާހަގަކުރެއްވިއެވެ.

ޔާމިން ރަޝީދު މަރާލާފައިވަނީ މިދިޔަ އޭޕްރިލް މަހުއެވެ. އަދި އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ ތަހްގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް