Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޕީއެސްޖީގެ ކޯޗަަކަށް އެންރީކޭ ހަމަޖައްސަނީ

ސްޕެއިންގެ ކޯޗުކަމުން ވަކިވުމަށްފަހު، އަލުން ކުލަބު ފުޓުބޯޅަ އަށް އަންނަން ބޭނުންވާ ވާހަކަ ވަނީ ހާމަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖޫން 2023 | ހޯމަ 02:16
ބާސެލޯނާގެ ކޯޗުގެ ގޮތުގައި އެންރީކޭ މަސައްކަތް ކުރި ދުވަސްވަރު

ބާސެލޯނާގެ ކޯޗުގެ ގޮތުގައި އެންރީކޭ މަސައްކަތް ކުރި ދުވަސްވަރު

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗަކަށް ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ލުއިސް އެންރީކޭ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ޕީއެސްޖީން ވަނީ ނިމުނު ސީޒަނަށް ފަހު އެ ޓީމުގެ ކޯޗުކަމުގައި ހުރި ފްރާންސްގެ ކްރިސްޓޮފާ ގަލްޓިއޭ ވަކިކުރުމަށް ނިންމައިފަ އެވެ. ސަބަބަކީ ޕީއެސްޖީން ބޭނުންވާ ޓާގެޓު މި ނިމުނު ސީޒަނުގައި ހާސިލްވެފައި ނުވާތީ އެވެ. ޚާއްސަކޮށް ވަރުގަދަ ސްކޮޑެއް އޮވެމެ، އެ ޓީމަށް ނިމުނު ސީޒަނުގައި ކާމިޔާބު ކުރެވުނީ އެންމެ ތައްޓެކެވެ. އެއާއެކު ގަލްޓިއޭ ވަކި ކުރުމަށް ފަހު، އެ މަގާމަށް ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ހަމަޖެއްސުމަށް ވެސް މަޝްވަރާ ކުރި އެވެ. ނަމަވެސް އެންމެ ފަހުން ބަޔާން މިއުނިކްގެ ކޯޗަކަށް ހުރި ނާގަލްސްމަނާއެކު ޕީއެސްޖީ އަށް އެއްބަސްވުމަކަށް ނާދެވެ އެވެ. ސަބަބަކީ ނާގަލްސްމަންގެ ފަރާތުން އައި ހުށަހެޅުންތަކަށް އެކުލަބުން އެއްބަސް ނުވެވޭތީ އެވެ.

އޭގެ ފަހުން ޕީއެސްޖީން ވަނީ އެންމެ ފަހުން ސްޕެއިން ޤައުމީ ޓީމުގެ ކޯޗަކަށް ހުރި އެންރީކޭއާއެކު މަޝްވަރާތައް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމުގައި އެންރީކޭގެ ފަރާތުން މިހާތަނަށް ރަސްމީ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ޕީއެސްޖީ އާއެކު ކުރިއަށް ގެންދެވޭ މަޝްވަރާތަކުގައި އޭނާ ހުރީ ވަރަށް ޕޮސިޓިވްކޮށް ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތަށްފަހު ސްޕެއިން ޤައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލުމަށްފަހު، އަލުން އެނބުރި ކުލަބު ފުޓުބޯޅައިގެ ތެރެއަށް އަންނަން ބޭނުންވާ ވާހަކަ އެންރީކޭ ވަނީ ހާމަކޮށްފަ އެވެ. އެއާއެކު އޭނާ ހޯދުމުގެ ޝައުޤުވެރިކަން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ގެންގުޅުނު ކަމަށް ބުނެފައިވީ ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ރަސްމީ މަޝްވަރާއެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ބާސެލޯނާގެ ޔޫތު ޓީމުން 2008 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އެންރީކޭ ވަނީ މިހާތަނަށް އެކި ޓީމުތަކަށް އިރުޝާދި ދީފަ އެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގުގެ ރޯމާ އާއި، ސްޕެއިންގެ ސެލްޓަ ވީގޯ ހިމެނެ އެވެ. ސެލްޓަ ދޫކޮށްލުމަށް ފަހު، 2014 ވަނަ އަހަރު އެންރީކޭ ހަވާލުވީ ބާސެލޯނާގެ ކޯޗުކަމާ އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ބާސެލޯނާ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދި އެންރީކޭ ވަނީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ނުވަ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާ އިން އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައި ވަނީ އެންރީކޭގެ އިރުޝާދުގެ ދަށުން 2015 ވަނަ އަހަރު އެވެ. ކާމިޔާބު މަސައްކަތަކަށް ފަހު އޭނާ ބާސެލޯނާ ދޫކޮށްލީ 2017 ވަނަ އަހަރު އެވެ. އެއަށްފަހު ދެން ހަވާލުވީ ސްޕެއިން ޤައުމީ ޓީމާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްޖީގެ ކޯޗުގެ މަގާމު އެމެރީ ދޫކޮށްލަނީ

ޕީއެސްޖީގެ ކޯޗުގެ މަގާމު އެމެރީ ދޫކޮށްލަނީ

28 އެޕްރީލު 2018
ފްރެންޗް ލީގު: ޕީއެސްޖީގެ ލީޑު 14 ޕޮއިންޓަށް ފުޅާކޮށްފި

ފްރެންޗް ލީގު: ޕީއެސްޖީގެ ލީޑު 14 ޕޮއިންޓަށް ފުޅާކޮށްފި

11 މާރިޗު 2018
ޗެމްޕިއަންސް ލީގު: ޕީއެސްޖީގެ ހުވަފެން ރެއާލްއިން ނިމުމަކަށް ގެނެސްފި

ޗެމްޕިއަންސް ލީގު: ޕީއެސްޖީގެ ހުވަފެން ރެއާލްއިން ނިމުމަކަށް ގެނެސްފި

07 މާރިޗު 2018
ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން

ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން

09 ޖެނުއަރީ 2018
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

10 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު