Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލުން

އަބަދުވެސް ވޯކް ޕަރމިޓް ހިފައިގެން އުޅުމަށް ބިދޭސީންނަށް އަންގައިފި

18 ޖޫން 2023 | އާދީއްތަ 11:31

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ވަނީ ފަށާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 ޖޫން 2023 | އާދީއްތަ 11:31
ބިދޭސީން ތަކެއް

ބިދޭސީން ތަކެއް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އަބަދުވެސް ވޯކް ޕަރމިޓް ހިފައިގެން އުޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އިމިގްރޭޝަނުން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެހެންކަމުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން އަބަދުވެސް ވޯކް ޕަރމިޓް ހިފައިގެން އުޅުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕަރމިޓްގައި ބަޔާންކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ. އަދި ވޯކް ޕަރމިޓެއް ނެތި މިގޮތަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ހޯދާ އެމީހުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.

އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ބަންދުކުރާ މަރުކަޒެއްގެ ގޮތުގައި ކަނޑައަޅައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރު މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި މި ޑިޓެންޝަން ސެންޓަރާއެކު ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ އެ ފަރާތްތަކުގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

މި މަސައްކަތް 2019 ވަނަ އަހަރު ފެށީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން ކޮވިޑުގެ ތެރޭގައި 18،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭން ވަނީ ފޮނުވާލާފައެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އަދިވެސް ރާއްޖޭގައި ހައްލުނުވެ އޮތް މައްސަލައެއް ކަމުން އަލުން މި މަސައްކަތް ފުޅާ ދާއިރާއެއްގައި އަލުން ފަށާފައިވެއެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2017

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

15 ޖޫން 2017
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
29 މެއި 2017

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި
27 މެއި 2017

ރަމަޟާން މަހާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް!

27 މެއި 2017
ރަމަޟާން މަހާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް!
25 މެއި 2017

އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ

25 މެއި 2017
އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ
08 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ހިނގި މީހާ ކޮބާ: ރައީސް މައުމޫން

08 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ހިނގި މީހާ ކޮބާ: ރައީސް މައުމޫން
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް