Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރުއީ ދާއިރާ

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް އާއްމުކޮށްފި

18 ޖޫން 2023 | އާދީއްތަ 02:58

ސިޔާސީ ވަކި ޕާޓީއެއް ނުވަތަ ސިޔާސީ މަގާމަކަށް ވާދަކުރާ ވަކި ކެންޑިޑޭޓެއްގެ މަގުބޫލުކަން އިތުރުކުރުމަށް ނުވަތަ ކުޑަކުރުމަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ޖޫން 2023 | އާދީއްތަ 02:58
ޖުޑީޝަލް އިޔަރ 2023

ޖުޑީޝަލް އިޔަރ 2023

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް އާންމުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުރާސްފަތި ދުވަހު އާއްމު ކުރި ގަވާއިދުގައި 211 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގަވާއިދުގެ ބައެއް ބާބުތަކާއި މާއްދާތައް ވަނީ އުވާލާފައެވެ. މީގެ ތެރޭގައި ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ގޮތަކަށް ބައިވެރިވުން މަނާކުުރާ ބާބު ވެސް ހިމެނެއެވެ. މި ބާބު އުވާލާފައިވީ ނަމަވެސް ކޯޑް އޮފް ކޮންޑަކްޓްގެ "ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން" މާއްދާގެ ދަށުން އެ ބައި ވަނީ ހިމަނައިފައެވެ.

Advertisement - newsAdvertisement

އައު ގަވާއިދުގެ ތިންވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި ޝައުރީ ދާއިރާގެ އެއްވެސް މުވައްޒަފެއްގެ މިނިވަންކަމާމެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އެ ދާއިރާއަށް އާއްމުން ކުރާ އިތުބާރަށް އުނިކަން އަތުވެދާނެ ކަންކަމުން މުވައްޒަފުން ދުރުހެލިވާން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ އަދި އެ ނޫންވެސް ހަރަކާތްތައް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝަރުއީ ދާއިރާގެ މުވައްޒަފުން ބައިވެރިވުން މަނާ ކަންކަމުގެގެ ތެރޭގައި ސިޔާސީ ވަކި ޕާޓީއެއް ނުވަތަ ސިޔާސީ މަގާމަކަށް ވާދަކުރާ ވަކި ކެންޑިޑޭޓެއްގެ މަގުބޫލުކަން އިތުރުކުރުމަށް ނުވަތަ ކުޑަކުރުމަށް ހިންގާ ހަރަކާތްތަކާއި އާއްމުންގެ މެދުގައި ސިޔާސީ ގޮތުން ދެބަސްވުން އުފެދިފައިވާ ނުވަތަ އުފެދިދާނެ ކަންކަމާ ގުޅޭ ބަހުސްތަކާއި ކެމްޕޭންތައް ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ސިޔާސީ ކަންކަމާ ގުޅުންހުރި ތިން ކަމެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބައިވެރިވެވިދާނެއެވެ. އޭގެ ތެރޭގައި އާއްމުންގެ މެދުގައި ބައިބައިވުން އުފެދިފައިވާ ނުވަތަ އުފެދިދާނެ ކަންކަމަށް ނުބެލެވޭ އަދި އެ ކަމެއްގައި އުޅުމުގެ ސަބަބުން އެ ދާއިރާގެ މިނިވަންކަމަށް އަދި ދާއިރާއަށް ކުރާ އިތުބާރާއި އިހުތިރާމަށް ނޭދެވޭ އަސަރު ނުކުރާނެ ނުވަތަ މުވައްޒަފުގެ މިނިވަންކަމާބެހޭގޮތުން ސުވާލު ނުއުފެދޭނެ ފަދަ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމިއްޔާ ޖަމާއަތެއްގެ މެންބަރަކަށް ވުމާއި އެފަރާތެއްގެ އެތެރޭގެ އިންތިޚާބެއްގައި ވޯޓުލުން ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިހާރު ހުއްދަވާނެއެވެ. އަދި އަމިއްލަ އެހީގައި ވޯޓުލާ މަރުކަޒަކަށް ހާޒިރުނުވެވޭ ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިއުމުގައި އެހީވުމަކީ ވެސް އައު ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން މިހާރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ކުރެވޭނެ ކަމެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް