Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނާއި ނަރުދަމާ

ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިންކުރަނީ ކުރިއަށްއޮތް 25 އަހަރަށް: ޝާހު

ބޭނުންކުރާ މެޓީރިއަލްވެސް ދިގު މުއްދަތަށް ދެމިގެންދާނެކަން ޔަގީންކުރަން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 18 ޖޫން 2023 | އާދީއްތަ 02:10
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު

ފެނާއި ނަރުދަމާގެ މަސައްކަތްތައް ޑިޒައިން ކުރަނީ ކުރިއަށް އޮތް 25 އަހަރަށް ދެމިގެންދާނެ ގޮތަށް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝާހު ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ޑިޒައިންކުރުމަށް ޑިޒައިން ގައިޑްލައިންތަކެއް ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާކަމަށެވެ. މި ގައިޑްލައިނާ އެއްގޮތަށް ފެނާއި ނަރުދަމާގެ މަސައްކަތްތައް ޑިޒައިން ކުރެވިގެންދާނީ އެންމެ މަދުވެގެން 25 އަހަރަށް ދެމިގެންދާ ގޮތަށް ކަމަށާއި، މެޓީރިއަލް ހޯދުމުގައިވެސް މިކަމަށް ބަލާނެ ކަމަށެވެ. އަޑީގައި ވަޅުލާފައި ހުންނައިރު އެންމެ މަދުވެގެން 25 އަހަރަށް ހަލާކުނުވެ، ދެމިގެންދާނެ ފަދަ މެޓީރިއަލްތަކެއް ހޯދުމަށް އިސްކަމެއްދެއްވާކަމަށް ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން މިހާރުވެސް ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތައް ނިންމޭނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް ޝާހު ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަސާސީ ޚިދުމަތްތައް ގާއިމްކުރުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ އެއް ކަންތަކެވެ. މިގޮތުން މި ޚިދުމަތް ނެތް ރަށްރަށުގައި މި ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޚިދުމަތް ގާއިމްކުރުމެވެ.

އިތުރަށް ކިޔާލަން

22 ޖޫން 2017

ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

22 ޖޫން 2017
ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
19 ޖޫން 2017

ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

19 ޖޫން 2017
ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި
10 ޖޫން 2017

ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

10 ޖޫން 2017
ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި
31 މެއި 2017

ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ: މެޓް

31 މެއި 2017
ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ: މެޓް
30 މެއި 2017

ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ

30 މެއި 2017
ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު