Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިކޮނޮމިކް މިނިސްޓްރީ

ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

ފެނާއި ގޭސް، މެންދުރުފަހު 2 އިން ހަވީރު 5 ޖެހުމާއި ދޭތެރޭ  ޑެލިވަރީކޮށް އުފުލުމަކީ މަނާ ކަމެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 10 ޖޫން 2017 | ހޮނިހިރު 10:33
ގޭސްފުޅިތަކެއް: ފެނާއި ގޭސް، މެންދުރުފަހު 2 އިން ހަވީރު 5 ޖެހުމާއި ދޭތެރޭ ޑެލިވަރީކޮށް އުފުލުމަކީ މަނާ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައި

ގޭސްފުޅިތަކެއް: ފެނާއި ގޭސް، މެންދުރުފަހު 2 އިން ހަވީރު 5 ޖެހުމާއި ދޭތެރޭ ޑެލިވަރީކޮށް އުފުލުމަކީ މަނާ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައި

ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އެމިނިސްޓްރީން އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފެނާއި ގޭސް، މެންދުރުފަހު 2:00 އިން ހަވީރު 5:00 އާދޭތެރޭ ޑެލިވަރީކޮށް އުފުލުމަކީ މަނާ ކަމެއް ކަމަށް އެމިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"ރަމަޟާންމަހުގެ މެންދުރުފަހާއި ހަވީރުގެ ވަގުތުތަކުގައި، މާލޭގެ މަގުތައް ބޭނުންކުރާ ޢާއްމުރައްޔިތުންނަށް ލުއިފަސޭހަކުރުމުގެ ގޮތުންނާއި މާލޭގެ ޓްރެފިކަށް ލުޔެއްގެނައުމުގެ ގޮތުން، ފެނާއި، ގޭސް އަދި ގަނޑުކޮށް މުދާޑެލިވަރީކުރުމުގައި މަނާ ގަޑިތައް މެންދުރުފަހު 14:00 އިން ހަވީރު 17:00 ދެމެދުގެ ގަޑިއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. " އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ގޮތަށް ނިންމީ އެ ގަޑިތަކަކީ މެންދުރުފަހުގެ ވަގުތުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން މަގުމަތި ބޭނުންކުރާ ވަގުތަކަށް ވުމާއެކު އެފަރާތްތަކަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.

އެހެންކަމުން މާލޭގައި ފެނާއި ގޭސް އަދި ގަނޑުކޮށް މުދާ ޑެލިވަރީކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން މެންދުރުފަހު 14:00 އިން ހަވީރު 17:00 ދެމެދުގެ ގަޑިތަކުގައި ފެނާއި ގޭސް އަދި ގަނޑުކޮށް އުފުލާމުދާ ނުއުފުލުމަށް ދަންނަވާ ކަމަށް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު