Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ސާފް ލީގު

ގާމާދޫކޮޅު: ޗެމްޕިއަންކަން ކަޔާން އަބްދުﷲ އަރީފް އަދި ހުސައިން އަރީފަށް

ދިވެހި ސާފް ލީގުގެ ހަތަރު ވަނަ އިވެންޓު ކުރިޔަށްދާނީ ޖުލައި މަހުގެ 28 އިން އޮގަސްޓު 1 ގެ ނިޔަލަށް ރ.ކިނޮޅަހުގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 17 ޖޫން 2023 | ހޮނިހިރު 11:28
ގާމާދޫކޮޅު ޗެމްޕިއަނުން

ގާމާދޫކޮޅު ޗެމްޕިއަނުން

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކުރިއަށްގެންދާ ދިވެހި ސާފް ލީގުގެ މި އަހަރުގެ ތިން ވަނަ އިވެންޓު، "ގާމާދޫކޮޅު" ގެ މެންސް އޯޕަން ޗެމްޕިއަންކަން ހުސައިން އަރީފް އަދި ޖޫނިއާ ޗެމްޕިއަންކަން ކަޔާން އަބްދުﷲ އަރީފް ހޯދައިފިއެވެ.

މި މަހު 14 ވަނަ ދުވަހު ހިންމަފުށީގައި ފެށި މި އިވެންޓުގެ ފައިނަލް ހީޓުތަކުގެ އިތުރުން މެންސް އޯޕަންގެ ކުއާޓާ، ސެމީ އަދި ޖޫނިއާ ސެމީގެ ހީޓުތައް ކުރިޔަށް ދިޔައީ ހޮނިހިރު ދުވަހުއެވެ.

ފަސް ވަނަ ރައުންޑުގައި ލިބުނު އަނިޔާއެއްގެ ސަބަބުން 2022 ވަނަ އަހަރުގެ ޗެމްޕިއަން އަދި މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ) އަށް ކުއާޓާ ފައިނަލްގެ ހީޓުގައި ވާދަކުރެވިފައެއް ނުވެއެވެ.

މެންސް އޯޕަންގެ ފައިނަލުގައި ބައްދަލުކުރީ ހުސައިން އަރީފް އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ. ފައިނަލުގެ ޖާގަ ހުސައިން އަރީފް ހޯދާފައިވަނީ ސެމީގައި 16 ޕޮއިންޓުގެ ސްކޯއަކުން އާދަމް މުއީން އިބްރާހީމް ބަލިކުރުމަށްފަހުއެވެ. އަދި ހޫބްޒް ފައިނަލަށް ދަތުރުކުރީ ސެމީގައި އިސްމާއީލް މިގްލާލް (ކުޑަ އިއްސެ) އާ ބައްދަލުކޮށް 17.17 ގެ ނަތީޖާއަކުން ހީޓު ކާމިޔާބުކޮށްގެނެވެ.

ވާދަވެރި ފައިނަލް ހީޓުގައި ހޫބްޒް ކައިރިން ހުސައިން އަރީފް މޮޅުވީ 15.66 ގެ ނަތީޖާއަކުންނެވެ. ހޫބްޒްއަށް ލިބުނީ 11.73 އެވެ.

ޖޫނިއާ ފައިނަލުން ކަޔާން ޖާގަ ހޯދީ މުހައްމަދު އިނާން އަބްދުލް ހަންނާން އާ ބައްދަލުކޮށް ހަނިގޮތަކަށް މޮޅުވެގެނެވެ. ކަޔާންއަށް ލިބުނީ 11.83 އެވެ. ފައިނަލުގެ ދެވަނަ ޖާގަ ޔާސިން އަހުމަދު ނާޝިދު ހޯދީ ސެމީގައި ޝާނިފް ޝަފީގް 11.84 ގެ ސްކޯއަކުން ބަލިކުރުމަށްފަހުއެވެ.

ޖޫނިއާ ބައިގެ ފައިނަލް ހީޓުގައި ކަޔާން ވަނީ 12.77 ހޯދާފައެވެ. އަދި ޔާސިން އަށް ލިބުނީ 7.50 އެވެ.

ދިވެހި ސާފް ލީގުގެ ހަތަރު ވަނަ އިވެންޓު ކުރިޔަށްދާނީ ޖުލައި މަހުގެ 28 އިން އޮގަސްޓު 1 ގެ ނިޔަލަށް ރ.ކިނޮޅަހުގައެވެ. އަދި މި އަހަރުގެ އެންމެ ފަހު އިވެންޓު ކަމަށްވާ ރަންނަމާރި ޗެލެންޖު އޮންނާނީ އޮކްޓޫބަރު މަހު 27 އިން ނޮވެމްބަރު 5 ގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް

07 އެޕްރީލު 2017
ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް
26 މާރިޗު 2017

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި
14 މާރިޗު 2017

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު