Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ

ހިއްސާއަކަށް ބެހުމަށް އެމްޓީސީސީން ހުށަހެޅި އަދަދު ފާހެއްނުވި!

މި ޖަލްސާގައި 119 ހިއްސާދާރުން ބައިވެރިވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 15 ޖޫން 2023 | ބުރާސްފަތި 16:44
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ހިއްސާއަކަށް ބެހުމަށް ހުށަހެޅި އަދަދު، އަހަރީ އާންމު ޖަލްސާއިން ފާހެއްނުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި 119 ހިއްސާދާރުން ބައިވެރިވިއެވެ. މީގެ ތެރޭގައި އޮންލައިންކޮށްވެސް ހިއްސާދާރުން ބައިވެރިވިއެވެ. މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެމްޓީސީސީން 5.5 މިލިއަން ހިއްސާ ތަމްސީލުކުރިއެވެ.

2022 ވަނަ އަހަރަށް ހިއްސާގެ ފައިދާގެގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 4 ރުފިޔާ ބެހުމަށް ވަނީ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ހިއްސާދާރުންގެ ވޯޓަށް އެހުމުން މި އަދަދު ފާސްވެފައެއް ނުވެއެވެ. މި ބައި ފާސްކުރުމާ ދެކޮޅަށް 61 ހިއްސާދާރުން ވޯޓު ދީފައިވެއެވެ. މި އަދަދު ފާސްކުރުމަށް ވޯޓު ދީފައިވަނީ 54 ހިއްސާދާރުންނެވެ.

އެމްޓީސީސީން ވަނީ ހިއްސާއަކަށް 4 ރުފިޔާގެ މަގުން 32.15 މިލިޔަން ރުފިޔާ ބެހުމަށް ހުށަހަޅާފައެވެ.

މިގެ އިތުރުން 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން ކުރިއަށްދިޔައިރު، މި ރިޕޯޓު ފާސްކޮށްފައިވަނީ ހިއްސާދާރުންގެ 89 އިންސައްތަ ވޯޓާއެކުއެވެ. އަދި 2022 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާއާއި، ގެއްލުމުގެ ހިސާބު ފާސްކޮށްފައިވެއެވެ. މި ހިސާބު ފާސްކޮށްފައިވަނީ ހިއްސާދާރުންގެ 83 އިންސައްތަ ވޯޓާއެކުއެވެ.

މި ޖަލްސާގައި 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށްފައިވެއެވެ. މި ޔައުމިއްޔާ ފާސްކޮށްފައިވަނީ ހިއްސާދާރުންގެ 96 އިންސައްތަ ވޯޓާއެކުއެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ، ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށްފައިވެއެވެ. މި ޔައުމިއްޔާ ފާސްކޮށްފައިވަނީ ހިއްސާދާރުންގެ 92 އިންސައްތަ ވޯޓާއެކުއެވެ.

ހިއްސާގެ ފައިދާގެ އިތުރުން ކުންފުނި އޮޑިޓްކުރުމަށް ހިއްސާދާރުންގެ ވޯޓާއެކު ޕްރައިސްވޯޓަރހައުސް ކޫޕަރސް ވަނީ ހަމަޖައްސާފައެވެ.

ޖަލްސާގައި އެޖެންޑާ އައިޓަމްތަކަށް ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ ފަހިވޯޓު މެދުވެރިކޮށެވެ.

އެމްޓީސީސީން 2022 ވަނަ އަހަރު ނިންމާލީ އެ ކުންފުނީގެ ތާރީޚުގައިވެސް އެންމެ ބޮޑު އާމްދަނީއާ އެކުގައެވެ. މިގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އާމްދަނީ ރެކޯޑު އަދަދަކަށް އަރާފައިވާއިރު، މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ފައިދާވެސް ވަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު އިތުރުވެފައެވެ. އެގޮތުން، 2021 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 319 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބިފައިވަނީ 324 މިލިއަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 1.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ

ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ

24 ޖުލައި 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

28 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު