Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ. އިޔާޒަށް ފުރައްސާރަކޮށް ދިމާކުރުން

ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންތަކެއް ޑރ. އިޔާޒަށް ފުރައްސާރަކޮށް ދިމާކުރި މައްސަލަ އަދާލަތުން ކުށްވެރިކޮށްފި

ވަރަށް ހުތުރު ބަސްތައް ބޭނުންކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ޖޫން 2023 | ބުދަ 13:55
ޑރ. އިޔާޒާއި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންތައް ދިމާކުރަނީ

ޑރ. އިޔާޒާއި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންތައް ދިމާކުރަނީ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒަށް، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންތަކެއް މަގުމަތިން ފުރައްސާރަކޮށް ދިމާކުރި މައްސަލަ އެޕާޓީން ކުށްވެރިކޮށްފިއެވެ.

ބުދަ ދުވަހު ޕީޕީއެމް/ޕީއެންސީ ކުރި މުޒާހަރާއެއްގެ ތެރެއިން ޑރ. އިޔާޒާއި ދިމާކޮށްފައިވަނީ މަޖީދީ މަގުމަތިންނެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ޑރ.އިޔާޒު ސައިކަލުގައި ދަނިކޮށް ފަހަތުން ސަޕޯޓަރުން އެއްޗެހި ކިޔަމުން އަންނަތަނެވެ. އަދި ވަރަށް ހުތުރު ބަސްތައް ބޭނުންކޮށްފައިވެއެވެ. މި ވީޑިއޯ އާއްމުވުމާއި ގުޅިގެން އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެޕާޓީން ބުނެއެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ އިޔާޒާ މަގުމަތިން ދިމާކޮށް، އިސްލާމުން އެކަކުއަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުޚާތަބުކޮށް ޕީޕީއެމް-ޕީއެންސީއިން ހިންގި ދަށުދަރަޖައިގެ ހުތުރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަލީ ނަޒީރު ވިދާޅުވީ މިކަމުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ގާނޫނުތަކާއި އަދި އާންމު އަޚުލާގީ މިންގަނޑާ ޚިލާފުކަންކަން ކުރުވާ ކަމަށެވެ. މިފަދަ ހުތުރު އަމަލުތަކުގެ ސަބަބުން އަދާލަތުގެ އިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2019

ސްކޫލެއްގެ މުވައްޒަފަކު ދަރިވަރަކަށް ފުރައްސާރަކޮށްފިނަމަ، ހަރުކަށި ފިޔަވަޅު އަޅާނަން: އެޑިއުކޭޝަން

26 ނޮވެމްބަރު 2019
ސްކޫލެއްގެ މުވައްޒަފަކު ދަރިވަރަކަށް ފުރައްސާރަކޮށްފިނަމަ، ހަރުކަށި ފިޔަވަޅު އަޅާނަން: އެޑިއުކޭޝަން
03 އޮކްޓޯބަރު 2019

އެމްޑީއެންގެ ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

03 އޮކްޓޯބަރު 2019
އެމްޑީއެންގެ ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
11 ސެޕްޓެމްބަރު 2019

އިސްލާމް ދީނަށް ފުރައްސާރަކޮށްގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

11 ސެޕްޓެމްބަރު 2019
އިސްލާމް ދީނަށް ފުރައްސާރަކޮށްގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
20 ޖޫން 2019

އެސިސްޓެންޓް ލީގަލް އޮފިސަރު ވަޒީފާއިން ވަކިކުރީ ޖިންސީ ފުރައްސާރަކޮށްގެން: ފެމިލީ ކޯޓް

20 ޖޫން 2019
އެސިސްޓެންޓް ލީގަލް އޮފިސަރު ވަޒީފާއިން ވަކިކުރީ ޖިންސީ ފުރައްސާރަކޮށްގެން: ފެމިލީ ކޯޓް
02 އޮކްޓޯބަރު 2018

ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިނަށް ޕީޕީއެމްގެ އެކްޓިވިސްޓުން ހުރަސް އަޅައި، ފުރައްސާރަކޮށްފި

02 އޮކްޓޯބަރު 2018
ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިނަށް ޕީޕީއެމްގެ އެކްޓިވިސްޓުން ހުރަސް އަޅައި، ފުރައްސާރަކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު