Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝެއިޚް އަލީ ޒައިދު

ޝެެއިޚް އިލްޔާސާއި އިޔާޒަށް މި ސަރުކާރުން އޮފާ ދިން، ކުރެއްވީ އިންކާރު: ޝެއިޚް އަލީ ޒައިދު

3 ސެޕްޓެމްބަރު 2018 | ހޯމަ 07:21

ތަހުގީގު ކުރަންވީ ލިބޭ މުސާރައާއި ނުބައްދަލު ފްލެޓާ އެހެން އެއްޗެހި ގަންނަ މީހުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 ސެޕްޓެމްބަރު 2018 | ހޯމަ 07:21
ޝެއިޚް އަލީ ޒައިދު

ޝެއިޚް އަލީ ޒައިދު

ދީނީ ދެ އިލްމުވެރިން ކަމަށްވާ ޝެއިޚް އިލްޔާސް ހުސައިނާއި ޝެއިޚް ޑރ. މުހައްމަދު އިޔާޒަށް މިސަރުކާރުން އޮފާ ދެއްވި ކަމަށާއި އެހެން ނަމަވެސް އެ އޮފާތަކަށް އިންކާރު ކުރެއްވި ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސާއި އިޔާޒުގެ އަބުރު ކަތިލަމުންދާކަމަށް ވިދާޅުވެ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ވަރަށް ގާތުން ދަންނަ ދެ ބޭފުޅުންކަމަށާއި މަގާމަކަށް އަދި މުދަލަކަށް އެދެބޭފުޅުން ނުވިކޭނެ ކަމަށެވެ. އެ ޔަގީންކަން ދެއްވާކަމަށާއި އޭނާއަށް އެނގިގެންވެސް އެދެބޭފުޅުންނަށް އޮފާ އައި ކަމަށެވެ. އެހެން ނަމަވެސް އަކަންތައްތަކަށް ކުރެއްވީ އިންކާރު ކަމަށް ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެރޭ އައްޑޫ ސިޓީގައި އިލްޔާސް ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށް ތަހުގީގު ކުރުމަށް ޕީޕީއެމް ޕީޖީ ލީޑަރު ގޮވާލައްވާފައިވަނިކޮށް ޝެއިޚް ޒައިދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ތަހުގީގު ކުރަންވީ ލިބޭ މުސާރައާއި ނުބައްދަލު ފްލެޓާ އެހެން އެއްޗެހި ގަންނަ މީހުން ކަމަށެވެ. އެކަހަލަ މީހުންގެ އަދަބެއް ސަދަބެއް ނެތް ކަމަށާއި ހެޔޮ އެއްޗެއް މީހަކު ބުނާ އިރަށް އެމީހަކު ނޮޅައިގެން ކައި ހަދާ ކަމަށެވެ. އެ ކަހަލަ މީހުން ލާރި ހޯދަނީ ކިހިނެއްކަން ބަލާނެ މީހަކު ނެތުމުން އަޖައިބުވެ ވަޑައިގަންނަވާ ކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފާޑު ކިއުންތަކަށް އަޅާ ނުލެއްވުމަށާއި ހައްގު ބަސް ބުނާ މީހުން ދެކެ އަބަދު ވެސް ރުޅި އައިސް އެ މީހުންގެ އަގު ވައްޓާލަން އުޅޭ ބަޔަކު އުޅޭނެ ކަމަށެވެ. އިޔާޒު ވަނީ އިލްޔާސްއާއި މެދު ހީލަތްތެރި ރޭވުންތައް ރާވާ، ހައްޔަރު ކުރަން ގޮވާލާ ފަރާތްތަކުގެ ވަކިތަކުން އިލްޔާސް ސަލާމަތްކޮށް ދެއްވުން އެދި ދުއާ ކުރައްވާކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް