Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ޖަރުމަނުގައި އޮންނަ ޔޫރޯ މުބާރާތުގެ ކައުންޓްޑައުން ފަށައިފި

މީގެ ކުރިން ޖަރުމަނުން ވަނީ 1998 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ވެސް ހޯސްޓު ކޮށްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖޫން 2023 | ބުދަ 10:05
ޔޫރޯ 2024 ގެ ކައުންޓްޑައުން ފެށުމުގެ ތެރެއިން

ޔޫރޯ 2024 ގެ ކައުންޓްޑައުން ފެށުމުގެ ތެރެއިން

އަންނަ އަހަރު ޖަރުމަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކައުންޓްޑައުން ރަސްމީކޮށް ފަށައިފި އެވެ.

ބުދަ ދުވަހު ޖަރުމަނުގައި އެކަމަށްޓަކައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި ކައުންޓްޑައުން ފައްޓަވައި ދެއްވީ ޖަރުމަނުގެ ޗާންސެލާ އޯލާފް ސްކޯލްޒް އެވެ. މުބާރާތުގެ 100 ދުވަހުގެ ކައުންޓްޑައުން ފައްޓަވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސްކޯލްޒް ވިދާޅުވީ، އެއީ ޖަރުމަނަށް އަމިއްލަ ޤައުމުގައި ލިބޭނެ ބޮޑު ޝަރަފެއް ކަމަށެވެ. މިއީ ޖަރުމަނަށް ލިބޭ ފަޚުރުވެރި ވަގުތު ކޮޅެއްގެ ގޮތުގައި ސިފަ ކުރައްވާ އޭނާ ވިދާޅުވީ، އުންމީދު ކުރަނީ ޖަރުމަނުގައި ބާއްވާ މުބާރާތަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަދި ޝަރަފުވެރި މުބާރާތަކަށް ވާނެ ކަމަށެވެ. އަނެއްކޮޅުން އަމިއްލަ ފަސްގަނޑުގައި ޖަރުމަނު ޓީމުން ފަޚުރުވެރި ކާމިޔާބެއް ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޖަރުމަނު ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބާންޑް ވިދާޅުވީ، ކުޅިވަރުގެ ގޮތުގައި ފުޓުބޯޅަ އަކީ ޖަރުމަނަށް އުފާވެރިކަން ގެނެސްދޭ ކުޅިވަރެއް ކަމަށެވެ. އޭނާ ވިދާޅުވީ ޖަރުމަނުން އަބަދު ވެސް އިސްކަން ދެމުން އަންނަނީ ޕްރޮފެޝަނަލް ފުޓުބޯޅަ އަށް ކަމަށެވެ. އެގޮތުން ކުލަބުތަކަކީ ވެސް ވަރުގަދަ ކުލަބުތަކަކަށް ހެދުމާއި، ކުޅުންތެރިންނަކީ ވެސް ވަރުގަދަ ބަޔަކަށް ހެދުމަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޖަރުމަނުގައި 25،000 ފުޓުބޯޅަ ކުލަބު އޮންނައިރު، މިއީ އެ ޤައުމުގެ ފުޓުބޯޅަ އަށް އިންގިލާބެއް ގެންނާނެ މުބާރާތެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި އެ ޤައުމުގެ ކުޅިވަރު މިނިސްޓަރު ނޭންސީ ފޭޒާ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ، ކުޅިވަރު މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަނާ އަށް ވެސް ބޮޑު އުފަލެއް ލިބިލައްވާ ކަމަށެވެ. ކައުންޓްޑައުން އާއެކު މުބާރާތުގައި މަސައްކަތް ކުރާނެ ވޮލެންޓިއަރުން ހޯދުމަށް މަސައްކަތް ކުރާ ކަމަށާއި، އުންމީދަކީ 15،000 ވޮލެންޓިއަރުން ލިބުން ކަމަށް ވެސް ފޭޒާ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އެކަމަނާ ވިދާޅުވީ، ޖަރުމަނުން އަަަބަދު ވެސް ފުޓުބޯޅައިގެ ކަންކަމުގައި އިސްކަން ދެމުން އަންނަ ކަމަށާއި، ޔޫރޯ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ލިބުމަށް ވެސް އެދޭ ކަމަށެވެ.

މީގެ ކުރިން ޖަރުމަނުން ވަނީ 1998 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ވެސް ހޯސްޓު ކޮށްފަ އެވެ. ޖަރުމަނުގައި އަންނަ އަހަރުގެ މުބާރާތް ކުރިއަށް ދާނީ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް

އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް

12 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު