Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ގާނޫނު ފާސްނުވިޔަސް ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ: ފުއާދު

14 ޖޫން 2023 | ބުދަ 08:11

ރިޔާސީ އިންތިޚާބަށް ވާން ޖެހޭ ތައްޔާރީތައް އީސީން އަންނަނީ ވަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޖޫން 2023 | ބުދަ 08:11
އީސީގެ ރައީސް ފުއާދު ތައުފީގު

އީސީގެ ރައީސް ފުއާދު ތައުފީގު

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެކަނި ވޯޓުލެވޭގޮތް ހެދުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ރިޔާސީ އިންތިޚާބާ ހަމައަށް ފާސްނުވި ނަމަވެސް އެ އިންތިޚާބުގައި އެ ފަރާތްތަކަށް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަފުޅުދައްކަވަމުން ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ވާން ޖެހޭ ތައްޔާރީތައް އީސީން ވަމުން އަންނަ ކަމަށެވެ. އެގޮތުން، ވޯޓުލުމުގެ ޙައްގު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެކުލަވައިލުމުގެ މަސައްކަތާއި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިންތިޚާބާ ގުޅިގެން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބައެއް އިސާލާހުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސުވާލުކުރުމުން ފުއާދު ވިދާޅުވީ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށެވެ. އެގޮތުން، މިހާރު މަޖިލީހުގައި އޮތް ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްނުވި ނަމަވެސް އެކަން ކުރަން އީސީއަށް ހުރަހެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ލޯފަން މީހުން އެދޭގޮތަށް ސްޓެންސިލް ބޭނުންކޮށްގެން އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ފުއާދު ވިދާޅުވީ މި މުއްދަތު 14 ދުވަހަށް އިތުރު ކުރަން ހުށަހެޅިނަމަވެސް މިހާރު އޮންނަ ގޮތަށް 10 ދުވަސް ދިނުމަކީ މާބޮޑު މައްސަލައެއް ކަމަށް ދެކިނުލައްވާ ކަމަށެވެ. އަދި ކޮމިޝަނަށް އައު މެމްބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްޙުރިއްޔާ މަޖިލީހަށް ނަން ފޮނުއްވާފައިވާއިރު އެކަން މަޖިޅިހުގައި އެޖެންޑާ ކުރެވުނު އަވަހަކަށް ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވި ގޮތުގައި މިއަަހަރުގެ ރިޔާސީ އިންތިޚާބުގައި މާލޭގައި 145 ވޯޓު ފޮށި ބަހައްޓާއިރު ހުޅުމާލޭގައި 47 ފޮށި، ވިލިމާލޭގައި 10 ފޮށި، ސިޓީތަކާއި އަތޮޅުތަކުގައި 327 ފޮށި، ޖަލުތަކުގައި 4 ފޮށި އަދި ސިނާއީ ރަށްތަކުގައި ފަސް ފޮށި ބަހައްޓާނެއެވެ. ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 30 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައެވެ. އަދި ބޭރު ޤައުމުތަކުގައި ބަހައްޓާނީ މަދުވެގެން 150 މީހުން ރަޖިސްޓްރީ ކުރާނަމައެވެ. އެހެންކަމުން މި ޖުމްލަ ފޮށިތަކުގެ އަދަދު ޔަގީންވާނީ ރީ ރަޖިސްޓްރޭޝަންގެ ކަންކަން ނިމުމުން ކަމަށް ފުއާދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް