Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުޓްބޯޅަ

ފުރަތަމަ ތައްޓަށް 15 އަހަރު: ކުރިއަށް ނުދެވި ދިވެހި ފުޓްބޯޅަ ހަތަރުއަނގޮޅިއެއްގައި!

ތަށި ހޯދައިން ޓީމުގެ އެސިސްޓެންޓް ކޯޗު މޯހަން ބުނަނީ އަދިވެސް ފުޓްބޯޅައިގެ ޕްލޭނެއްނެތް ކަމަށް.

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 14 ޖޫން 2023 | ބުދަ 05:04
ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށި ލިބުމުން ދިވެހި ސަޕޯޓަރުން އުފާފާޅު ކުރަނީ

ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށި ލިބުމުން ދިވެހި ސަޕޯޓަރުން އުފާފާޅު ކުރަނީ

ފުޓްބޯޅައިން ތައްޓެއް ހޯދުމަށް ރާއްޖެ ކުރި އުއްމީދުގައި ކުލަޖެހުނީ މީގެ 15 އަހަރު ކުރިން މިއަދު އެވެ. 14 ޖޫން 2008ގަ އެވެ. ސްރީލަންކާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުގެ ފައިނަލްގައި މުހުތާރު ނަސީރު (ޓޫކިލޯ) ޖެހި ގޯލުން އިންޑިޔާ 1-0  ބަލިކޮށް ކެޕްޓަން އައްސަދު އަބްދުލްގަނީ ރާއްޖެ އަށް ލިބުނު ފުރަތަމަ ތަށި އުފުލާލި އެވެ. މި ތާރީހީ ވަގުތުކޮޅާއެކު މުޅި ގައުމު އުފަލުގެ ކަރުނަ އޮއްސާލި އެވެ. މާސިންގާ ކޮލްމަބޯގެ މަގުތައް ފުރާލައި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފާފާޅު ކުރަން ފަށައި އެ އުފާވެރިކަން ބަންޑުންވި އެވެ. މި އުފަލުގައި ބައިވެރިވުމަށް ޖެހިގެން އައި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖެއްސި އެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލައްވާފައި ފައިނަލް މެޗަށް ސްރީލަންކާއަށް ވަޑައިގެން ހުންނެވި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ތަށި ލިބުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޓީމާ ބައްދަލުކުރެއްވި އެވެ. ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަންވީ ވަގުތު ކަމަށެވެ.

ތަށި ހޯދައިދިން ކޯޗު ޖޯސެފް ޔަންކޭ ވެސް އެފްއޭއެމުގައި އެދުނީ އެހިސާބުން ގައުމީ ޓީމު ޒުވާން ކުރުމަށެވެ. އުމުރުން ދުވަސްވީ ސީނިއާ ގިނަ ކުޅުންތެރިންގެ މަގާމު ރަނގަޅަށް ފުރައިދޭނެ ކުޅުންތެރިން ތައްޔާރުކުރަން އޭނާ އެދުނެވެ. އެކަމަކު އެފްއޭއެމުގެ މެނޭޖްމަންޓް ބަދަލުވެ، އުފެދުނު ހަލަބޮލިކަމުގައި އޭގެ ތިން އަހަރު ފަހުން ވެސް ގައުމީ ޓީމު ލީޑްކުރީ އެއް ކުޅުންތެރިންތަކެކެވެ.

އެނގޭކަމަކީ މުޅި ރާއްޖޭގައި އިމެއް، މިނެއްނެތި އެޅި ފުޓްސަލް ދަނޑުތަކާއެކު ފުޓްބޯޅަ ހީނަރުވެއްޖެކަމެވެ. މި ސަރުކާރުން މުޅި ރާއްޖޭގައި ބޮޑު ފުޓްބޯޅަ ދަނޑުގެ 50 ދަނޑާ ގާތްކުރާ އަދަދަކަށް ދަނޑު އެޅިޔަސް އެތަންތަނުގައި ކުޅޭނެ ބަޔަކުނެތެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުޅޭނެ މުބާރާތްތަކެއް ވެސް ނެތެވެ. ވާދަވެރި ފުޓްބޯޅަ އަށްވުރެ ރެކްރިއޭޝަން މުބާރާތްތަކުގެ ފޯރި ގަދަވެއްޖެ އެވެ. ގައުމީ ފެންވަރުގެ ކުޅުންތެރިންނަށް ގަވާއިދުން މުސާރަ ނުދެވޭތީވެ، އަމިއްލަ މީހުންގެ އިންތިޒާމްކުރާ ކުދިކުދި މުބާރާތްތަކާއި ވެޓަރަންސް މުބާރާތްތަކުން ފެންނަމުންދަނީ އެވެ. މިއިން ކަމަކާ އަޅާލާނެ ބަޔަކު ވެސް ނެތެވެ.

ގައުމީ ފުޓްބޯޅަ އިދާރާގެ ބަޖެޓް އަހަރުން އަހަރަށް އަރައިގެންދިޔަ ނަމަވެސް ހިންގުން ދުވަހެއް ދުވަހަކަށް ދަނީ ދޯދިޔާވަމުންނެވެ. ކުލަބުގެ ދަރަނިވެރިވެ، ސަޕޯޓަރުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ޓީމުތައް ބިކަވެ، ގަލޮޅު ދަނޑުގައި އުޅޭ ކޮތަރުތަކަށްވުރެ ކުޅިބަލަން ވަންނަ މީހުގެ އަދަދު މަދުވެއްޖެ އެވެ. ދިވެހި ޕްރެމިއާ ލީގު ތައާރަފްކުރި ނަމަވެސް އެލީގުގައި އޮއްޓަރެއްނެތެވެ. ފާއިތުވެދިޔަ ހަތް އަހަރުތެރޭގައި ކޮންމެ ކުލަބަކަށް ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ ދައުލަތުންނާއި އެފްއޭއެމުން ދީފައިވިޔަސް 2005ގައި ނިއުރޭޑިއަންޓް އޭއެފްސީކަޕުގައި ހޯދި ކާމިޔާބީއާ ހަމައަށް ދެވުނު ޓީމެއް ނެތެވެ. ގުރުނަގައިގެން ސެމީ އަށް ދެވި، އިންޑިޔާގެ 23 އަހަރުގެ ދަށުގެ ޓީމު ބަލިކޮށް، ސާފް ޗެމްޕިއަންޝިޕް 2018ގައި ކާމިޔާބުވީ ދިވެހި ފުޓްބޯޅަ ކުރިއަރައިގޮސްގެނެނޫނޭ ބުނެވެން އެބައޮތެވެ. އެއިރު ސާކް ސަރަހައްދުގެ ފުޓްބޯޅަ އިންތިހާ އަށް ހީނަރުވެފައި އެވެ. އަފްގާނިސްތާން ސާފް ދޫކޮށްދިއުމާއި އެ މުބާރާތަކީ އިންޑިޔާ އަށް މުހިންމު މުބާރާތަކަށްނުވުމުން، މުބާރާތު ފެންވަރު މަތިކުރުމަށް ސަރައްދުން ބޭރުގެ ޓީމުތައް ބައިވެރިކުރަން ޖެހުނީ މިހެންވެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުލަބުތަކުގައި އެކަޑަމީތަކާއި އުމުރުފުތާތަކުގެ ޓީމުތައް އޮތީ ނަމެއްގަ އެވެ. މާލީ ގޮތުން ހިންދަމާލެވޭނެ ގާބިލްކަމެއް އެފްއޭއެމާއި ކުލަބުތަކުގައި ވެސް ނެތެވެ. އެބަޔަކު ބޭނުންހާ ގޮތަކަށް ކަންކަން ކުރަން ފުޓްބޯޅަ އޮތީ ދޫކޮށްލާފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމު ތަށި ހޯދިއިރުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިރިޕޯޓަށް ވާހަކަ ދެއްކި އެވެ. އޭނާ ބުނީ ހުރިހާ ވެސް މައްސަލައަކީ ދުރުރާސްތާގެ ޕްލޭނެއް ނެތުން ކަމަށެވެ.

2008ގެ ތަށި ހޯދި ޓީމަށްވުރެ މާމޮޅު ހުނަރުވެރި ކުޅުންތެރިން މިހާރު އެބަތިއްބެވެ. އެކިއެކި ލެވެލްގެ ކޯޗުން ވެސް ދަނީ ގިނަވަމުންނެވެ. އެކަމަކު ޕްލޭނެއްނެތްކަމަށް މިހުނަރު ތަރައްގީކޮށް، ވިއްކާލެވިދާނެ ހެއްޔެވެ؟

މުހިންމު ތިން ވަނަ ކަމަކަށް އޭނާ ފާހަގަ ކުރީ ފުޓްބޯޅައިގެ ހިންގުން ދޯދިޔާވުމެވެ. ކުލަބުތަކާއި އެފްއޭއެމުގައި ވެސްމެ އެވެ.

މިކަމަށް އޭނާ މިސާލު ދެއްކީ އެފްއޭއެމުގައި އޭނާ މަސައްކަތް ކުރި ދުވަސްވަރުގައި ހިނގި ބައެއް ކަންކަމުންނެވެ.

ސާފް ޗެމްޕިއަންޝިޕް ހޯދިތާ 15 އަހަރުވުން އަޅުގަނޑުމެންނާ މި ބައްދަލުކުރީ ފުޓްބޯޅަ ކޮންމެ ހާލަތެއްގައި އޮތަސް އެމުބާރާތް ބޯމަތިވެފައި އޮއްވަ އެވެ. މޯހަން ބުނީ މިހާރު ސާފް ޗެމްޕިއަންޝިޕަކީ ކިރިޔާ ވެސް ހިތްވަރެއްކޮށްފިނަމަ ކާމިޔާބު ކުރެވިދާނެ މުބާރާތެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު