Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ހިލާލް

އަލް ހިލާލް އިން ލުކާކޫއާ ބައްދަލުކޮށްފި

ކުލަބުން ލުކާކޫ އަށް ހުށަހަޅަނީ މުސާރައިގެ ގޮތުގައި އަހަރަކު އޭނާ އަށް 16 މިލިއަން ޕައުންޑު ލިބޭ ހުށަހެޅުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖޫން 2023 | ބުދަ 02:45
އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ލުކާކޫ

އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ލުކާކޫ

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އިން ބެލްޖިއަމްގެ ރޮމެލޫ ލުކާކޫއާ ބައްދަލުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން އަލް ހިލާލްގެ އޮފިޝަލުން ވަނީ ފްރާންސްގެ ޕެރިހުގައި ލުކާކޫއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލު ކުރުން ބާއްވާފައިވާއިރު، އެކުލަބުން ވަނީ ލުކާކޫ ހޯދުމުގެ ޝައުޤުވެރިކަން ވެސް ފާޅުކޮށްފަ އެވެ. އެންމެ ފަހުން ލުކާކޫ ކުޅުނީ އިޓާލިއަން ލީގުގެ އިންޓަ މިލާން އަށެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާ ނަމަވެސް، ލުކާކޫ ބޭނުންވަނީ އަންނަ ސީޒަނުގައި ވެސް އިންޓަ އަށް ކުޅެން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން އިންޓަ އިން މަސައްކަތް ކުރަނީ ލުކާކޫ އެ ކުލަބުގައި ބަހައްޓާށެވެ.

ނަމަވެސް އަލް ހިލާލް އިން ވަނީ ލުކާކޫއާ ބައްދަލުކޮށް، ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން އެ ކުލަބުން ލުކާކޫ އަށް ހުށަހަޅަނީ މުސާރައިގެ ގޮތުގައި އަހަރަކު އޭނާ އަށް 16 މިލިއަން ޕައުންޑު ލިބޭ ހުށަހެޅުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގައި ލުކާކޫ އަށް އަހަރަކު ލިބެނީ 11 މިލިއަން ޕައުންޑެވެ. އެހެންކަމުން އޭނާ އަލް ހިލާލްގެ ހުށަހެޅުމާ މެދު ވެސް ވިސްނާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ދެ ވަނަ ފަހަރަށް ލުކާކޫ ޗެލްސީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެއީ އިންޓަ ދޫކޮށްލުމަށްފަހު އެވެ. ނަމަވެސް ޗެލްސީގެ ސިސްޓަމަށް ލުކާކޫ ނުފެތޭތީ އެ ކުލަބުން ވަނީ ލޯނު އެއްބަސްވުމަކަށް އޭނާ އިންޓަ އަށް ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ލުކާކޫ ވަނީ އިންޓަ އަށް ކުޅެދިން 37 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. އިންޓަ އާއެކު މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލުކާކޫ ކުޅެފައިވާއިރު، އިންޓަ އެ މެޗުން ސަލާމަތްކޮށްދިނުމަށް އޭނާ އަށް ވަނީ ތަނަވަސް ފުރުސަތުތަކެއް ލިބި، ބޭކާރުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

05 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު