Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިޝަރީޒް މިނިސްޓްރީ

ފުށުއެރުންތައް ހައްލުކުރުމަށް މަސްވެރިކަމުގެ އާންމު ގަވާއިދަށް އިސްލާހު ގެނެސްފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކުގެ ތެރެއިން މަޑިއާއި ވެލާ ކަނހަބާއި އޭގެ ބިސް މިހާރު ވަނީ އުނިކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 13 ޖޫން 2023 | އަންގާރަ 12:44
މަސްވެރި ދޯންޏެއް

މަސްވެރި ދޯންޏެއް

ސަރުކާރުގެ ދެ މުއައްސަސާގެ މަސައްކަތްތަކުގައި ހުރި ފުށުއެރުންތައް ހައްލުކުރުމަށް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެސް، އާއްމުކޮށްފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން އާއްމުކުރި މި އިސްލާހުގައި ބުނެފައިވާގޮތުގައި، މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަހައްދުގައި، ރައްޔިތުންގެ ބައިވެރިވުން ހިމެނޭގޮތަށް، ރަށު ފެންވަރުގައި ސަގާފީގޮތުން ކުރާ މަސްވެރިކަމުގައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރެވޭނ،ީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ތައާރުޒު ނުވާ ގޮތުގެ މަތިން، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަކުން ހުއްދަ ލިބިގެންނެވެ. އަދި ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުފަޅުންނާއި، މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަޅުންނާއި، ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުންނާއި، ދައުލަތުގެ އެހެން އިދާރާއެއްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށުގެ ފަޅުން ވަކިވަކި ފަރުދުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގެ ހަރަކާތްތަކުގައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރަންވާނީ އެ ރަށެއްގެ ބެލެނިވެރި ފަރާތުގެ ހުއްދަ ލިބިގެންނެވެ.

Advertisement - newsAdvertisement

މީގެ އިތުުރުން މި އިސްލާހުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކުގެ ތެރެއިން މަޑިއާއި އަދި ވެލަޔާއި ކަނހަބާއި އޭގެ ބިސް މިހާރު ވަނީ އުނިކޮށްފައެވެ. މި ބަދަލު ގެނައީ، އެ ބާވަތްތަކަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު"ގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އެކުލަވައިލާފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކޮށްފައިވާ ބާވަތްތަކެއް ކަމަށް ވާތީ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި އިސްލާހުގައި، ފިޝަރީޒް މިނިސްޓްރީން ތައާރުފުކުރި، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގާގައި ހިމެނޭ ކަނދުފަތިތަކުގެ ކައިރީގައި މަސްވެރިކަން ކުރެވޭނެ އުސޫލުވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އެފަދަ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ އެއް މޭލު ސަރަހައްދުގައި ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ކުރުން ވަނީ މަނާކޮށްފައެވެ. އަދި ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅައިފައިވާ ކަނދުފައްޗެއްގެ ވަށައިގެންވާ ތިންމޭލުގެ ސަރަހައްދުގައި ވައިފުޅި އަޅައިގެން ފީނުމާއި، ދިރޭ އެންޖަހައިގެން އަޑިއަށް ފެތުމާއި، ނަނު ނުވަތަ ރޯލު ދޫކުރުމާއި އެމުގެ ގޮތުގައި ތާވަޅު ބޭނުންކުރުން ފަދަ ކަންކަން ކުރުން މަނާވާނެއެވެ.

މީގެ އިތުރުން ދޮށީގެ މަސްވެރިކަން ކުރުމަށް ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގާގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ ތިން މޭލު ސަރަހައްދުގައި ދިވެހިން ކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަން ކުރުމަކީވެސް މަނާ ކަމެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި އިސްލާހު ގެނައުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ސަރުކާރުގެ އެހެން އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި އެ އިދާރާތަކުން ތަންފީޒު ކުރަމުންދާ ގަވާއިދުތަކާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ބައެއް ފުށުއެރުންތައް ހައްލުކޮށް، ގަވާއިދު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ހައްލުތައް ހޯދުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

09 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ހޯމަ ދުވަހު ޖަލްސާ ބާއްވަނީ

މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ހޯމަ ދުވަހު ޖަލްސާ ބާއްވަނީ

09 އެޕްރީލު 2017
ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

06 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އެޗްވަންއެންވަން އާންމު ހާލަތަށް

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު