Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއާރްއެމްގެ ކަންބޮޑުވުން

ފާހިޝް އަމަލުތައް ޕްރޮމޯޓްކުރުން އިތުރުވާތީ އެމްއާރްއެމްގެ ކަންބޮޑުވުން

އެމްއާރްއެމްއިން ވަނީ މި މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 ޖޫން 2023 | އަންގާރަ 10:33
އެމްއެމްއާރްއެމް ޕްރެސް

އެމްއެމްއާރްއެމް ޕްރެސް

ފާޙިޝް ޢަމަލުތައް ޕްރޮމޯޓްކޮށް، އެފަދަ ނުބައި ޢަމަލުތައް ދިވެހި މުޖްތަމަޢުގައި ފެތުރެމުންދާތީ އެމްއާރްއެމްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނުގައި ބުނީ މިހާރަކަށް އައިސް، ފައިސާ ހޯދުމުގެ ނިޔަތުގައާއި އަދި އެހެނިހެން ގޮތް ގޮތުން، ދިވެހި މުޖުތަމަޢުގައި އެކިއެކި ފާޙިޝް ޢަމަލުތައް ޕްރޮމޯޓުކޮށް، އެއްވެސް ޖެހިލުމެއް ނެތި އެފަދަ ނުބައި ޢަމަލުތަކަށް ހިތްވަރުދޭ މެސެޖުތައް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދިއުމަކީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެފަދަ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު، ކަމާބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ނޭޅި، މައްސަލަތައް ދިގުލައި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ޢަމަލުތައް ފްރޮމޯޓްކޮށް، އެފަދަ ފާޙިޝް ޢަމަލުތަކުގައި ބައިވެރިވާ މީހުންގެ މައްސަލަ، އެއްވެސް އިސްތިސްނާއެއް ނެތި، ހަމަހަމަ އުޞޫލެއްގެ ދަށުން ކަމާއިބެހޭ މުއްސަސާތަކުން، ވީހާވެސް އަވަހަކަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް އެމްއާރްއެމްއިން ވަނީ ގޮވާލާފައެވެ.

މިފަދަ ޢަމަލުތަކަކީ ދިވެހި މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދި، މުޅި މުޖްތަމަޢު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ބިރުވެރި ކަންކަން ކަމަށާއި، މާތް ވެގެންވާ އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު ކުޑަވެގެންދާނެ ކަމެއް ކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ. އެހެންކަމުން، އެފަދަ ފާޙިޝް ޢަމަލުތައް ހުއްޓުމަށްޓަކައި މުޅި މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައި އެ ފާޓީން ދެކޭކަމަށް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުމަށް ފުލުހުން ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓާލަންޖެހޭ: ޑރ ޖަމީލް

އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުމަށް ފުލުހުން ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓާލަންޖެހޭ: ޑރ ޖަމީލް

21 ޖެނުއަރީ 2018
ވިލާ ކުންފުނީގެ ރިސޯޓުތަކަށް އަރައި ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން: މާމިގިލީ ކައުންސިލް

ވިލާ ކުންފުނީގެ ރިސޯޓުތަކަށް އަރައި ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން: މާމިގިލީ ކައުންސިލް

19 ޖެނުއަރީ 2018
ފާހިޝް މަންޒަރުތައް ހިމެނޭ ޝޯ ޓީވީއެމުން ދެއްކި މައްސަލަ ސަލަފުން ބްރޯޑްކޮމަށް ހުށަހަޅައިފި

ފާހިޝް މަންޒަރުތައް ހިމެނޭ ޝޯ ޓީވީއެމުން ދެއްކި މައްސަލަ ސަލަފުން ބްރޯޑްކޮމަށް ހުށަހަޅައިފި

02 ޖެނުއަރީ 2018
ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދައުލަތެއްގެ ސިފަ ގެއްލިގެން ދިޔަ: ޝިފާޒު

ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދައުލަތެއްގެ ސިފަ ގެއްލިގެން ދިޔަ: ޝިފާޒު

31 ޑިސެމްބަރު 2017
އާސާރީ ތަރިކަ ނައްތާލުމަށް ސަރުކާރުން ހިންގާ އަމަލުތައް ކުށްވެރިކުރަން: އަދާލަތު

އާސާރީ ތަރިކަ ނައްތާލުމަށް ސަރުކާރުން ހިންގާ އަމަލުތައް ކުށްވެރިކުރަން: އަދާލަތު

27 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު