Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނުތައް ބަދަލުކުރުން

ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން

ސަރުކާރުން ގާނޫނާ ހިލާފަށް ގާނޫނުތަކަށް ބަދަލުގެނައި-ހިސާން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 29 ޖޫން 2017 | ބުރާސްފަތި 22:16
ގާނޫނީ ވަކީލު ހިސާން ހުސައިން

ގާނޫނީ ވަކީލު ހިސާން ހުސައިން

ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ފަޅާއަރަން ފެށުމުން ފެނިގެންދިޔައީ އެވާހަކަ ދައްކާ މީހުން ގޯސްވެ، ގާނޫނުތަކަށް ބަދަލު ގެނެސްގެން ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަންތައް ފޮރުވަން މަސައްކަތް ކުރި މަންޒަރު ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަަވަމުން ހިސާން ހުސައިން ވިދާޅުވީ، މި ސަރުކާރުން މަޖިލީހުގެ ތެރެއިން ކުރެއްވިކަމެއްގެ ގޮތުގައި ފެނިގެންދިޔައީ ގިނަ ގާނޫނުތަކެއް އަވަސް އަރުވާލާއިގެން ފާސް ކުރި މަންޒަރު ކަމަށެވެ. މިކަމަކީ މަޖިލީހުގެ ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމެއް ކަމަށާއި މީގެ ތެރޭގައި، ރައީސް ޔާމީން ޕެކްޝަނަށް ނިސްބަތްވާ މެންބަރުންވެސް ހިތްހަމަނުޖެހިވަޑައިގަތުން ފާޅު ކުރެއްވި މަންޒަރު ފެނިގެންދިޔަ ކަމަށް އޭނާ ވދިާޅުވިއެވެ.

ހިސާން ވިދާޅުވީ، މިކަމުގެ ސަބަަބުން މެންބަރުންނަށް ގާނޫނުތަކަށް ހުށަހެޅުނު އިސްލާހުތައް ދިރާސާކޮށް، ކޮމެންޓް ކުރެއްވުމަށް ފުރުސަތު ނުލިބުނު ކަމަށެވެ.

"ރައީސް ޔާމީނުގެ ފެކްޝަނުގެ މެންބަރުންގެ ޝަކުވާއެއް، މަޖިލީހަށް އަންނަ ބިލްތައް ކިއުމަށް، ނުވަތަ ކޮމެންޓް ކުރުމަށް ފުރުސަތު ނުލިބޭ ވާހަކައަކީ މެންބަރުން ކުރަމުންދާ ޝަކުވާއެއް." ހިސާން ވިދާޅުވިއެވެ.

މިބަދަލުތަކުގެ ތެރެއިން ފެނިގެންދިޔައީ، ގާނޫނު އަސާސީއާ ޚިލާފަށް ގާނޫނުތަކަށް ބަދަލުތަކެއް ގެނެވުނު މަންޒަރުކަމަށް ހިސާން ވިދާޅުވިއެވެ.

އެގޮތުން ކޯޓުތަކާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރެއިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމާއި އޮޑިޓަރ ޖެނެރަލްގެ ގާނޫނަށް ބަދަލު ގެނެސް އޭރުގެ އޮޑިޓަރ ޖެނެރަލް މަޤާމުން ވަކި ކުރެވިގެންދިޔައީވެސް ގާނޫނާ ހިލާފަށްކަން ހިސާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެއްވެ އުޅުމުގެ ގާނޫނާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު އިސްލާހަށް ގެނެވުނު ބަދަލުތަކަކީވެސް ގާނޫނު އަސާސީއާ ފުށޫއަރާ އިސްލާހުތަކެއް ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް އާއްމުން ދައްކަން ފެށުމުން ފެނިގެންދިޔައީ އެވާހަކަ ދެއްކިމީހުން ގޯސްވެ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަސައްކަތް ކުރި މަންޒަރު ކަމަށެެވެ.

" ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރެއްވި ކަމަކީ، ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި ހިންގާ ނާޖައިޒް ކަންކަން ސަރުކާރުގެ ތެރެއިން، ފައިދާ ނަގައިގެން ހިންގާ ފައުންޑޭޝަންތަކުގެ ވާހަކަތައް، ރިޕޯޓް ވިޔަ ނުދިނުމަށް، ކަންކަން ކުރެއްވި މަންޒަރު ވަނީ ފެނިގެންގޮސްފަ" ހިސާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު