Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމިޓީތަކުގެ މަސައްކަތް ހުއްޓުން

"ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކުރުމަށް، ކައުންސެލް ޖެނެރަލާއި އަމީން އާއްމު ވަނީ ނަޝީދުގެ ކިބައިން އެދިވަޑައިގެންފައި"

12 ޖޫން 2023 | ހޯމަ 13:36

ކޮމިޓީތައް އެކުލަވައިލުމަށް އެމްޑީޕީން ދޫ ނުދޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތައް ކަމަށް އެމްޑީޕީން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖޫން 2023 | ހޯމަ 13:36
މަޖިލިސް ދައުރުން ބޭރު ޖަލްސާގައި ނިޔާޒު ވާހަކަފުޅުދައްކަވަނީ

މަޖިލިސް ދައުރުން ބޭރު ޖަލްސާގައި ނިޔާޒު ވާހަކަފުޅުދައްކަވަނީ

މަޖިލީހުގެ ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އެކުލަވައިލުމަށްޓަކައި ނަގަންޖެހޭ ވޯޓު ނެގުމަށް އެޖެންޑާކުރުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއާއި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އެދިވަޑައިގެންފައިވާކަަމަށް، މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ހޯމަ ދުވަހު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީތައް ބޭއްވުމަށް މަސައްކަތް ކުރެއްވިނަމަވެސް އެކަން ކުރެވިފައި ނުވާކަމަށެވެ. އަދި ހޯމަ ދުވަހު ކައުންސެލް ޖެނެރަލާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި، އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުން، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައިވަނީ މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ހަމަނުޖެއްސިގެން ނޫންކަން ފާހަގަވެފައިވާކަމަށެވެ. މީގެ އިތުރުން، ބުރާސްފަތި ދުވަހު ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ކޮމިޓީތަކުގައި އެމްޑީޕީއަށް ލިބެންވާ މިންވަރާމެދު އެއްބަސްވުމަކަށްވެސް އާދެވުނު ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް، ކޮމިޓީތައް އެކުލެވިގެންވާ ގޮތް އެކުލަވާލުމުގެ މައްސަލައަށް ވޯޓަށް އެހުމަށް މަޖިލީހުގައި އެޖެންޑާކުރުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގަތްނަމަވެސް އެކަން ކުރައްވާފައި ނުވާކަމަށް ނިޔާޒް ވިދާޅުވިއެވެ. ޖަލްސާގައި އެންމެ ފުރަަތަމަ ކަމެއްގެ ގޮތުގައި އެކަން ކުރެވެންވާނެކަމަށް ކައުންސެލް ޖެނެރަލް ގަބޫލުކުރައްވާ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ އެންމެ ފުރަތަމަ ކަމަކަށް، ޖަލްސާއަށް އެޖެންޑާކުރުމަށް މަޖިލީހުގެ އަމީން އާއްމާއި ކައުންސެލް ޖެނެރަލް، މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައިވާކަމަށެވެ.

Advertisement - newsAdvertisement

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުކަމުގެ މަގާމު އަދާކުރައްވާ ބޭފުޅުން ވަނީ، މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ނުދިއުމުގެ ސަބަބުން މުހިންމު މަސައްކަތްތައް ހުއްޓިފައި ހުރިކަމަށް ވިދާޅުވެފައެވެ. އެއީ މެމްބަރުންގެ ގާނޫނީ ޒިންމާއާވެސް ޚިލާފު ކަމެއްކަމަށް މެމްބަރުން ވިދާޅުވިއެވެ. އެގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވަނީ، އެ ކޮމިޓީގެ މަސައްކަތްތައް ހުއްޓުމުން އިދާރާތަކުގެ މަސައްކަތްތަކަށްވެސް އަސަރުކުރާކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި؛ އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަންކުރުމަށް މިހާރު ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގޮސް އޮތުން ފާހަގަކުރެވޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އެފަދަ މަސައްކަތްތައް ނުކޮށް މަޖިލީސް ޗުއްޓީއަށް ދިއުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދާއިމީ ކޮމިޓީތައް ސަސްޕެންޑް ކުރެވޭނެ އެއްވެސް އުސޫލެއް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެން މެމްބަރުން ވެސް ވަނީ ކޮމިޓީތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީ ގުރޫޕުގެ ޑެޕިޔުޓީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ކޮމިޓީތައް އެކުލަވައިލުމަށް އެމްޑީޕީން ދޫ ނުދޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތައް ކަމަށެވެ. ކޮމިޓީތައް އެކުލަވައިލުމަށް ކުރި މަޝްވަރާތަކަށް އެ ޕާޓީން ވާނީ ފުރިހަމައަަށް އެއްބާރުލުން ދީފައިކަމަށާއި، ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމުގެ މަސައްކަތް އެކި ސަބަބުތައް ދައްކައިގެން ދިގު ދަންމަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް