Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޭޝެލްސްގެ ރައީސްގެ ދަތުރުފުޅު

ރައީސްގެ ދެކަނބަލުން ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

12 ޖޫން 2023 | ހޯމަ 10:51

މި ފަރިއްކޮޅު އޮތީ ހޯމަ ދުވަހުގެ މެންދުރުފަހު ވޯލްޑޯރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖޫން 2023 | ހޯމަ 10:51
ރައީސް ޞާލިހުގެ ދެކަނބަލުންނާއި، ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން

ރައީސް ޞާލިހުގެ ދެކަނބަލުންނާއި، ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަން އަދި އެކުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.

މި ފަރިއްކޮޅު އޮތީ ހޯމަ ދުވަހުގެ މެންދުރުފަހު ވޯލްޑޯރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.

Advertisement - newsAdvertisement

ސޭޝެލްސްގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށެވެ. އިތާފުށީގައި މިއަދު ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި ވަޒީރުންނާއި ދެ ޤައުމުގެ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ރަސްމީ ވާހަކަތައް ބާއްވަވައި ދެޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސޭޝެލްސްގެ ރައީސްގެ ވޭވަލް ރާމްކަލާވަން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ސޭޝެލްސްގެ ރައީސް ބައްދަލުކުރައްވައި މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި އަދި ދެޤައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކަށްފަހު ދެލީޑަރުން ވަނީ މީޑިއާއަށް ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. މިއަދު ބޭއްވެވި މެންދުރުގެ ފަރިއްކޮޅަކީ ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ އެންމެ ފަހުބައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 މެއި 2017

ބައްދަލު ނުވީ ރައީސްގެ ދެކަނބަލުންނާ އެކަނި: ރިލްވާންގެ މަންމަ

14 މެއި 2017
ބައްދަލު ނުވީ ރައީސްގެ ދެކަނބަލުންނާ އެކަނި: ރިލްވާންގެ މަންމަ
26 އެޕްރީލު 2017

ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

26 އެޕްރީލު 2017
ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
10 އެޕްރީލު 2017

މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި

10 އެޕްރީލު 2017
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި
05 އެޕްރީލު 2017

ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް